twitterviber whatsapp telegramfacebookyoutube instagram
7th July 2026

އެއް ދަންފަޅި އަށް ނުވަތަ ދެ ދަންފަޅިއަށް ސްކޫލް ހިންގައިގެން ތަފާތެއް ނުފެނޭ: ޝަފީއު

Jul 7, 2026

އެއް ދަންފަޅި އަށް ނުވަތަ ދެ ދަންފަޅިއަކަށް ސްކޫލްތައް ހިންގައިގެން މާ ބޮޑު ތަފާތެއް ނުފެންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއް ހިންގަނީ ދެ ދަންފަޅިއަކަށް ކަމަށާއި އަތޮޅުތަކު ތެރޭގައި 23 ހަކަށް ސްކޫލް ފިޔަވައި އެހެން ހުރިހާ ސްކޫލެއް ހިންގަނީ އެއް ދަންފަޅިއަކަށް ކަމަށެވެ.

ނަމަވެސް އެއް ދަންފަޅި އާއި ދެ ދަންފަޅި އަށް ކިޔަވައި ދޭ ސްކޫލްތައް ހިންގުމުގައި ތަފާތެއް ގެނެވިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއް ސެޝަން ސްކޫލެއްގެ ފަލްސަފާ ފުރަތަމަ ވުޖޫދުވެގެން އައި ގޮތަކަށް ނޫން ކުރީގައި ވެސް ކަންކަން ބައްޓަން ކޮށްފައި އޮތީ." ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ މަޖިލީހުގައި ސްކޫލްތަކުގެ އިމާރާތާ ގުޅޭ ސުވާލުތަކުގެ އިތުރުން ތައުލީމީ ނިޒާމުގެ މިފަދަ މައްސަލަތަކާ ގުޅޭ ވާހަކަތައް ވެސް ދެކެވެން ޖެހޭ ކަމަށެވެ. އަދި ދަންފަޅިތައް ބެހިފައި މި އޮންނަ ގޮތާ ގުޅޭ ގޮތުން ވެސް ގައުމީ ފެންވަރެއްގައި ވާހަކަ ދައްކަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތަކުގެ ތައުލީމީ ނިޒާމް އެއް ދަންފަޅިއަކަށް ބަދަލު ކުރުމުގެ ސިޔާސަތު ފަށާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑރ. މުސްތަފާ ލުތުފީ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި އިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355