twitterviber whatsapp telegramfacebookyoutube instagram
1st August 2026

ގޭދޮށު އިންޖީނުގޭގެ މަޝްރޫއު ބާރަށް ކުރިއަށް، މަގުސަދަކީ ހަތަރު އަހަރުފަހުން ކަރަންޓް ހިލޭ ކުރުން: އާތިފް

އަބްދުލް ވާހިދު ޙަސަން
Aug 1, 2026

ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ރައްޔިތުންނަށް އެމްޑީޕީން ވައުދުވި 'ގޭދޮށު އިންޖީނުގެ' މަޝްރޫއު ބާރަށް ކުރިއަށްދާކަމަށާއި އުންމީދުކުރަނީ ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ލިޔެ ކިޔުން ނިންމާ، އިއުލާން ކުރުމާ ހިސާބަށް ދެވޭނެކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

'ގޭދޮށު އިންޖީނު'ގެ ވައުދަކީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ކުޅުދުއްފުށީ ރައްޔިތުންނަށްވި އެންމެ ބޮޑު އެއް ވައުދެވެ.

ބުރާސްފަތިދުވަހުގެ ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، 'ގޭދޮށު އިންޖީނުގެ' މަގުސަދަކީ ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ދެގުނައަށް ކުޑަކުރުން ކަމަށެވެ.

"
އަޅުގަނޑުމެންގެ މަގުސަދަކީ މިހާރު ރައްޔިތުން ކަރަންޓަށްކުރާ ހޭދަ ދެގުނައަށް ކުޑަކުރުން، ފުރަތަމަ ދުވަހުން ފެށިގެން 4000 ރުފިޔާ ދައްކާ ގެއެއްގެ ބިލު 2000 އަށް ކުޑަކުރުން. އަދި 4 އަހަރު ފަހުން އެ ގޭތަކަށް ހިލޭ ކަރަންޓް ލިބޭނެގޮތް ހެދުން. އެގޮތަށް މިހާރު ފަރުމާކުރެވި މައުލޫމާތު ކަރުދާސް ނިންމާފަވާނެ
މޭޔަރު އާތިފް

"އަޅުގަނޑުމެންގެ މަގުސަދަކީ މިހާރު ރައްޔިތުން ކަރަންޓަށްކުރާ ހޭދަ ދެގުނައަށް ކުޑަކުރުން، ފުރަތަމަ ދުވަހުން ފެށިގެން 4000 ރުފިޔާ ދައްކާ ގެއެއްގެ ބިލު 2000 އަށް ކުޑަކުރުން. އަދި 4 އަހަރު ފަހުން އެ ގޭތަކަށް ހިލޭ ކަރަންޓް ލިބޭނެގޮތް ހެދުން. އެގޮތަށް މިހާރު ފަރުމާކުރެވި މައުލޫމާތު ކަރުދާސް ނިންމާފަވާނެ." މޭޔަރު އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެ މަސައްކަތްކުރާނެ ބައެއް ހޯދަން ޓެންޑާއަށް ހުޅުވާލާނީ ކަމަށާއި މި މަސައްކަތުގެ ތެރޭގައި ގޭބިސީތަކުގައި ސޯލާ ހަރުކުރެވިގެންދާނެ ކަމަށެވެ. އަދި ގޭބިސީތަކުން އެކަމަށް ފައިސާ ދައްކަން ޖެހޭނީ އިންސްޓޯލްމަންޓަށް ބަހާލައިގެން ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

"އިޔާދަކުރަނިވި ހަކަތަ ގޭގޭގައި އެޅުން އެއީ ގެ އެކަނި ކަމުގައިވިޔަސް ވެދާނެ އެ އިންޖީނުގެ އަކީ ނުވަތަ ބުލޮކެއް ކަމަށްވެސް ވެދާނެ. ހައިބުރިޑް ސިސްޓަމެއް ގާއިމްކުރާގޮތަށް ފަރުމާކޮށްފައި މިވަނީ." އާތިފް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، ސަރުކާރުން މި މަސައްކަތަށް ހުރަސް ނާޅާފިއްޔާ މި މި މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށެވެ.

'ނަމަވެސް ފަހަރެއްގައި ސަރުކާރުގެ ކަންތައްތައް ހުންނަގޮތުން އަޅުގަނޑު އެހެން މި ދަންނަވަނީ މި މަސައްކަތަށް ހުރަސްއަޅަށް ސަރުކާރުން މަސައްކަތްކޮށްދާނެ. އެނޫން ކަމަށްވެއްޖެޔާ އިރާދަކުރެއްވިއްޔާ އަހަރެއްގެތެރޭގައި މިކަންކޮށް ނިންމުން އަޅުގަނޑުމެންގެ ޓާގެޓަކީ." މޭޔަރު އާތިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355