twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލް

Sep 22, 2026

ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، "އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެވަލް އެވޯޑްސްގައި ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވެ އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގައި މި އަހަރު ބާއްވާ އެ ހަފްލާގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް އެ ބޭންކުވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ބީއެމްއެލް އާއި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި މި ސިނާއަތުގެ ވިޔަފާރިތަކާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ބައިވެރިވުމެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ޓްރެވަލް އެވޯޑްސް އޭޝިއާ އެންމެ ފަހުން ރާއްޖޭގައި ބާއްވާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.

އެ ހަފްލާގައި ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން އެ ދާއިރާގެ އިންވެސްޓަރުންނާއި އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ބައިވެރިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293