މި އަހަރު ނިމުމުގެ ކުރިން އަސާސީ ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
"އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެމުން ގީލާ ވިދާޅުވީ ސްޓޭޓް ފާމަ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސް ފިހާރަތަކަށް އަދި ދިގުމުއްދަތަކަށް މީހުން ބޭނުންކުރާ ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތަށް ކުރެވޭ މަސައްކަތުން މިއަހަރު ނިމުމުގެ ކުރިން އަސާސީ ބޭސް އަތޮޅުތެރޭގެ ހުރިހާ ފާމަސީތަކުން ލިބެން ހުންނާނެ ގޮތަށް މަސައްކަތް ކުރެވެމުންދާ ކަމަށް ގީލާ ވިދާޅުވި އެވެ.
ބޭސް އެތެރެކުރަން ސްޓޭޓް ފާމަސޫޓިކަލް އުފެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެ ގޮތުން ބޭސް އެތެރެ ކުރުމަށް ސްޓޭޓްފާމާ އިން ވަނީ ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ސްޓޭޓް ފާމަސޫޓިކަލް އިން ވަނީ އެ ކުންފުނިން ދޭ ހިދުމަތްތަކަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި 24 ގަޑިއިރު ބޭހުގެ ހިދުމަތް ހޯދުމަށް އެދި ގުޅޭނެ ހާއްސަ ހޮޓްލައިން "1505" ތައާރަފުކޮށްފަ އެވެ.




