twitterviber whatsapp telegramfacebookyoutube instagram
9th October 2026

އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުޅުދުއްފުށިން ބައިވެރިވާ ފަރާތްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފި

ނަބީލާ އިސްމާޢީލް
Oct 8, 2026

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އިންތިޒާމް ކުރާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ކުޅުދުއްފުށީން ވާދަކުރާ 11 ފަރާތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސިޓީ ކައުންސިލުން ބުނީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި މައުރަޒުގައި ބައިވެރިވި ފަރާތްތަކަށް ސިޓީ ކައުންސިލްގެ ފަރާތުން ދޭން ނިންމާފައިވާ މާލެ ދެކޮޅު ޓިކެޓާއި ފަސްހާސް ރުފިޔާގެ އެލަވަންސް ހަވާލުކުރުމަށް އެފަރާތްތަކާއިއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ކަމަށެވެ.

މިއަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮންނާނީ އޮކްޓޯބަރު 25 އިން 2 ނޮވެންބަރަށެވެ.

މިދިޔަ އަހަރު ކުޅުދުއްފުށިން މި މައުރަޒުގައި ބައިވެރިވެފައިވަނީ 10 ފަރާތަކުންނެވެ. އެ ފަރާތްތަކަށްވެސް ކައުންސިލުންވަނީ ދެކޮޅު ޓިކެޓާއި 5000 ރުފިޔާގެ ފައިސާގެ އެލަވަންސް ދީފަ އެވެ.

މިދިޔަ އަހަރު ވެސް މި މައުރަޒުގައި ބައިވެރިވި 10 ފަރާތަށް ކައުންސިލުން ވަނީ އެހީތެރިވެފައި

މައުރަޒުގައި ކުޅުދުއްފުށިން ބައިވެރިވި ފަރާތްތަށް

1. ޒައީމާ މުހައްމަދު / އާހިޔާ
2. ސިމްލާ ހުސައިން / ޝާމިލް
3.. އަބޫބަކުރު އަލީ / ރަނި
4. އައިޝަތު ހުސައިން / ނިކަމާގެ
5. އާސިޔަތު ހުސައިން / މަދީނާ
6. މުޙައްމަދު އަލީ / އަންދާޒް
7. އައިޝަތު ފަޒްނާ / މޭބިސްކަދުރުގެ
8. އައިޝާ ފައިނާން ފާރިޝް / އިލާ
9. ސިޔާމާ މުޙައްމަދު / އަމީނީގެ
10. އައިމިނަތު މަޖީދާ / ނޫރު
11. އައިޝަތު މުޒައިނާ މުޙައްމަދު / މަދީނާ

މި މައުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293