twitterviber whatsapp telegramfacebookyoutube instagram
20th May 2024

ޑެންގޫ ހުން ފެތުރެމުންދާތީ މަދިރި ކޮންޓްރޯލް ކުރުމުގެ ހާއްސަ ޕުރޮގްރާމެއް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

Jun 29, 2011

މިދުވަސް ރާއްޖޭގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ޑެންގޫ ހުން ފެތުރެމުންދާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިދުވަސްވަރު އާދަޔާ ހިލާފަށް ޑެންގޫ ހުން ފެތުރެމުންދާދިޔުން ހުއްޓުވުމަށްޓަކައި މަދިރި ކޮންޓްރޯލް ކުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްވެސް ވަނީ ނިންމަވާފައެވެ. އަންނަ ހަފުތާގައި ފަށާގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އެކުލަވައިލެއްވުމަށްޓަކައި ވަޒީރުންގެ ކޮމިޓީއެއް އިއްޔެ ވަނީ އެކުލަވާލާފައެވެ.

ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ވަރަށް ގިނަ ބަޔަކަށް ޑެންގޫ ހުން ޖެހިގެން ހޮސްޕިޓަލު ތަކުން ވަނީ ފަރުވާ ހޯދާފައެވެ. އެގޮތުން އައްޑު އަތޮޅުގައިވެސް ޑެންގޫހުން ފެތުރެމުންދާކަމަށް މައުލޫމާތު ލިބެއެވެ. އަދި ހޮސްޕިޓަލުތަކަށް ބާރުބޮޑުވެފައިވާކަމަށް ހަބަރުތައް ލިބެއެވެ.

ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ ހެލްތު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި އެންމެ އުތުރުގެ ތިން އަތޮޅުގައި ވެސް ކޮންމެވެސް ވަރަކަށް ޑެންގޫ ހުން ފެތުރެމުން އެބަދެއެވެ. އަދި ހދ ހިރިމަރަދޫގައި ވައިރަލް ފީވަރ އެއް ފެތުރެމުންދާކަމަށް އެރަށު ސިއްހީ މަރުކަޒާ ހަވާލާދީ އެކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މާލޭގައި ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ޑެންގޫ ހުން ޖެހިގެން ތުއްތު ދެކުދިން ވަނީ މަރުވެފައެވެ. ސެންޓަރ ފޯ ހެލްތް އެންޑް ޑިސީޒް ކޮންޓްރޯލް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ މިހާތަނަށް އެއް ހާހަށްވުރެ ގިނަ މީހުންގެ ގައިން ޑެންގޫ ގުން ފެނިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355