twitterviber whatsapp telegramfacebookyoutube instagram
11th February 2026

އެމަޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލްއަށް ގުޅާނެ އިތުރު ނަންބަރެއް ތަޢާރަފްކޮށްފި

Jun 29, 2011

އަލީ އާދަމް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން އިތުރު އެމަޖެންސީ ނަންބަރެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުގެ ނެޓްވޯކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ބައެއް ފަހަރު އެމަޖެންސީކޮށް ހޮސްޕިޓަލްއަށް ގުޅަން އުޅޭ ވަގުތުތަކުގައި ގުޅުމަށް ދަތިތަކާއި ކުރިމަތި ވަމުންދާތީ، ވަތަނިއްޔާގެ ލައިން 9808864 ތައާރަފް ކުރެވިފައި ވާކަމަށް އެހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖަރ ޝީޒާ އިބްރާހިމް މަޢުލޫމާތު ދެއްވިއެވެ.

“ޚިދުމަތް ހޯދާ ބައެއްފަރާތްތަކުން ވަރަށް އެދެމުން އެބަދޭ ވަތަނިއްޔާ ލައިންއެއްވެސް ބަހައްޓައިދިނުމަށް.” ޝީޒާ މަޢުލޫމާތު ދެއްވިއެވެ. “އެއީ އެއްނެޓްވޯކް ފެއިލްވާ ދަނޑިވަޅުތަކުގައިވެސް އެނެއް ނެޓްވޯކް މެދުވެރިކޮށް ގުޅުމަށް މަގުފަހި ކުރުމަށްޓަކައި.”

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެމަޖެންސީ ލައިންއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދަނީ 6528864 މިނަންބަރެވެ. މިނަންބަރުގެ އިތުރުން އަލަށް ތަޢާރަފް ކުރެވުނު 9808864 ގެ ޚިދުމަތްވެސް މިހާރު ލިބެމުންއެބަދެއެވެ. އެމަޖެންސީ ހާލަތްތަކުގެ އިތުރުން އެޕޮއިންޓްމަންޓް ހެއްދުމަށްވެސް މިދެނަންބަރަށް ގުޅުއްވޭނެކަމަށް އެހޮސްޕިޓަލްއިން މަޢުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355