twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޑެންގޫ ހުން ފެތުރުނަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެ

Jul 1, 2011

ރާއްޖޭގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ޑެންގޫ ހުން ފެތުރެމުންދާތީ، އެބަލި ފެތުރުނަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ދެއްވި ރޭޑިޔޯ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ޑެންގޫ ހުން ވަރަށް ބާރަށް ރާއްޖޭގައި ފެތުރެމުންދާތީ، އެކަމާބެހޭގޮތުން މިދިޔަ އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މަދިރި ކޯންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އެކުލަވާލެއްވުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލެއްވި ކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގެވުމަށް ޤައުމީ ޓާސްކްފޯހެއް އިއްޔެ އުފައްދަވާފައިވާކަމަށާއި އެ ޓާސްކްފޯހުގެ މަސައްކަތްތައް ހިނގަމުންދާނީ، ސީދާ ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުންކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމުހޫރިއްޔާގެ ހަފުތާ ރޭޑިޔޯ ހިތާބުގައި ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވިއެވެ. އެގޮތުން ޑެންގީ ހުމުގެ ނުރައްކާތެރިކަން ޢާންމުންނަށް އޮޅުންފިލުއްވައި ދިނުމާއި، ޑެންގީ ހުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެކި ޕްރޮގްރާމްތައް ހިންގުމާއި އަދި ބަލިން ރައްކާތެރިވުމަށް މިވަގުތަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް، ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކޮށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355