twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޘާނަވީ ގްރޭޑްތަކުގެ އިސްލާމީ ތަރުބިއްޔަތު ކިޔަވައިދެއްވާ މުދައްރިސުންގެ ޢިލްމީ ފެންވަރު މަތިކުރުމަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ކުޅުދުއްފުށީގައި ފަށައިފި

Jul 1, 2011

ޘާނަވީ ގްރޭޑްތަކުގެ އިސްލާމީ ތަރުބިއްޔަތު ކިޔަވައިދެއްވާ މުދައްރިސުންގެ ޢިލްމީ ފެންވަރު މަތިކުރުމަށާއި، ކިޔަވައިދިނުމުގެ ހުނަރު އިތުރުކުރުމާއި، ތާޒާ ކުރުމަށްޓަކައި ހާއްސަ މަސައްކަތު ބައްދަލުވުމެއް ކުޅުދުއްފުށީގައި ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އާއި ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިއުކޭޝަން (ސީސީއީ) އާއި މަތިއުތުރު ސަރަޙަށްދުގެ އެޑިއުކޭޝަން ޔުނިޓް ގުޅިގެން ހިންގާ މަސައްކަތު ބައްދަލުވުމެއްކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރުގައި ބުދަ ދުވަހު ފެށި މިމަސައްކަތު ބައްދަލުވުމުގައި މަތިއުތުރު ސަރަޙަށްދުގެ ޘާނަވީ މަރުޙަލާގެ ހުރިހާ ސްކޫލު މަދަރުސާއިން ޖުމްލަ 86 މުދައްރިސުން ބައިވެރިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. ޓީޗަރުންގެ އިލްމީ ފެންވަރާއި ކިވައިދިނުމުގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މިމަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މިމަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން އައްޝައިޚް އިބާރާހިމް އަޙްމަދާއި، އައްޝައިޚް އަޙްމަދު މައުމޫނެވެ. ސީސީއީގެ ފަރާތުން މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ އަޙްމަދު ޙަލީމު އައީ މުޙައްމަދު ވަޖީހުއެވެ.

މިމަސައްކަތު ބައްދަލުވުން ކުރިއަށް ދާއިރު ކުޅުދުއްފުށީގެ ތިން ސްކޫލެއްގެ ދަރިވަރުންނަށް ދީނީ ނަޞީޙަތް ދެއްވުން ވެސް ކުރިއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355