twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހަނިމާދޫ ޒުވާނާއަށް އެހީވުމުގެ ގޮތުން ކުޅުދުއްފުށީގައި ބެހެއްޓި ފަންޑު ފޮށްޓަށް ތޭރަ ހާހަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

Jul 2, 2011

އިބްރާހިމް ހަމީދު

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހދ. ހަނިމާދޫ ބޯގަންވިލާ މުހައްމަދު އާދަމް (ބޮޑޭ) އަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީގައި ބެހެއްޓި ފަންޑު ފޮށްޓައް 13 ހާހަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ހުސްވިމަހުގެ 25 ވަނަ ދުވަހު ކުޅުދުއްފުށީގައި ބެހެއްޓި ފަންޑު ފޮއްޓަށް ޖުމްލަ ލިބިފައިވަނީ 13617 ރުފިޔާ އެވެ.

މިފަންޑުފޮށި ބެހެއްޓުމުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ނާއިބް ރައީސް އަބްދުއްރަހީމް އަލީ، ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްްވަމުން ވިދާޅުވީ އެޖަމްއިއްޔާގެ އިސްނެގުމުގެ މަތިން ކުޅުދުއްފުށީގެ އިތުރު ކުލަބު ޖަމިއްޔާތަކާއި ގުޅިގެން ބެހެއްޓި ފަންޑު ފޮށްޓައް ލިބުނު ފައިސާ ވަރަށް އަވަހަށް ކިޑްނީ ބަޔަށް ފަރުވާ ހޯދަމުން އަންނަ މުހައްމަދު އާދަމް (ބޮޑޭ) ގެ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށެވެ.

ބޮޑޭގެ އާއިލާގެ ފަރާތުން ފަންޑު ފޮށި ބެހެއްޓުމުގެ ކުރިން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން، ބުނެފައިވަނީ  ބޮޑޭގެ ދެކިޑްނީގެ 90 އިންސައްތަ ވަނީ ފެއިލްވެފައިވާ ކަމަށެވެ. އަދި ވަގުތީ ފަރުވާއެއްގެ ގޮތުން ޑައިލެސިސް ހަދަމުން ގެންދިޔަ ނަމަވެސް ހާލު ރަނގަޅުވަމުން ނުދާ އެއްސަބަބަކީ ބަލީގެ ސަބަބުން ބޮޑޭއަށް ނަފްސާނީ ގޮތުން އަސަރު ކުރަމުން އަންނާތީ ކަމަށް އާއިލާއިން ބުނެއެވެ. ބޮޑޭގެ ދާއިމީ ފަރުވާ (ކިޑްނީ ޓްރާންސް ޕްލާންޓް) އަށް ގާތްގަނޑަކަށް 6 ލައްކަ އެއްހާ ރުފިޔާ (35 ހާސް ޔޫއެސް ޑޮލަރު) ހަރަދުވާނެ ކަމަށް އެއާއިލާއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355