twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑެންގީ ހުމާއި ދެކޮޅަށް އެމްޑީޕީން ފަށާފައިވާ ޕުރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާހުކޮށްފި

Jul 3, 2011

ރާއްޖޭގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ފެށި ‘ޑެންގީއާ ދެކޮޅަށް އެންމެން’ މި ޕުރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާހުކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގައި އިއްޔެ މެންދުރުފަހު، އެ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް އެޕާޓީގެ ގައުމީ މަޖިލީހުން ދާދި ފަހުން އައްޔަންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.

ޑެންގީ އާ ދެކޮޅަށް އެމްޑީޕީން ކުޅުދުއްފުށީގައި ފެށި ޕުރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރީކޯ މޫސަ ވަނީ ޑެންގީ ބަލިން ސަލާމަތްވުމަށް ޑެންގޫ ބަލީގެ އަސްލު ނައްތާލުންކަމަށް ވިދާޅުވެފައެވެ. އެގޮތުން އެބަލީގެ އަސްލަކީ ޑެންގީ ހުން ޖައްސާ މަދިރިކަމަށް ވާތީ، މަދިރި އާލާނުވާނެގޮތަކަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވި އެވެ. އަދި މަދިރި މަދުކުރުމަށް ފޮގް ކުރުމަކީ ވަގުތީ ހައްލެއްކަން ބަޔާންކުރައްވަމުން އެފަދަ ބަލިތަކުން ސަލާމަތްވުމަށްޓަކައި ގެދޮރާއި އެހެނިހެން ތަންތަންވެސް ސާފުތާހިރުކުރުން މުހިއްމު ކަމުގައި ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ތިބޭ ގިނަ އަދަދެއްގެ ސިފައިންނާއި، ފުލުހުންވެސް ބައިވެރިވާ މި ޕްރޮގްރާމް ފެއްޓުމަށްފަހު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ ވަނީ ކުޅުދުއްފުށީ ރަބަރުމާގެއަށް ވަޑައިގެން އެގޭގައި މަދިރި އާލާވާގޮތަށް ތަންތަން ހުރިތޯ ބައްލަވައި އެ ގޭގެ ބެފުޅުންނާ ބައްދަލުކުރައްވާފައި ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށީގައި ކުރަމުންގެންދާ މަސައްކަތްތަކާބެހޭ ގޮތުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، މިއަދުވެސް ރަށުގެ އެކި ސަރަހައްދު ތަކުގައި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ޓާސްކުފޯސް އިން މަދިރި އާލާވާ ތަންތަން ބަލާ ޗެކް ކުރަމުން އަންނަކަމަށެވެ. ކުޅުދުއްފުށީގައި ހަދާފައިވާ ޓާސްކް ފޯސް ގައި ހިމެނެނީ ކުޅުދުއްފުށީ ކައުންސިލާއި އެމްއެންޑީއެފް އާއި ޕޮލިސް އަދި ކުޅުދުއްފުށީ ރީޖަނަލް ޖޮސްޕިޓަލުގެ އިތުރުން މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާ އެވެ. ޖަމްޝީދު މުހައްމަދު ވިދާޅުވީ ރަށުގެ ކްލަބް ޖަމިއްޔާތަކުގެ އެހީތެރިކަން ޓާސްކް ފޯހަށް ލިބެމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355