twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުށުގެ ރެކޯޑު ސާފުކުރާއިރު ނުވަ ކުށެއް ފިޔަވައި އެހެން ކުށްތަކަށް ނުބަލާގޮތަށް ސަރުކާރުން ނިންމައިފި

Jul 7, 2011

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުމުގައި ނުވަ ކުށެއް ފިޔަވައި އެހެން ކުށްތަކުގެ ރެކޯޑު ނުބަލާގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުމަށް ކުށުގެ ރެކޯޑު ސާފުކުރުމުގައި އަމަލުކުރާނެ އުޞޫލެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން އުފެއްދި ސަބް ކޮމިޓީއަކުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެގޮތުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުމުގެ ކުރިން ކުށުގެ ރިކޯޑް ސާފުކުރާއިރު ބަލާނެ ކުށްތަކުގެ ތެރޭ ހިމެނެނީ މަރުގެ މައްސަލަތައް، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް، ތޫނު އެއްޗަކާއެކު މާރާމާރީގައި ބައިވެރިވުން، މާރާމާރީގައި ނުރައްކާތެރި ހާނިއްކަ ކޮށްފައި ވުމާއި މީހެއްގެ ގުނަވަނެއް ނެތި ދިއުން، ޓެރަރިޒަމް ކުށް، 1،000ރ. އިން ފެށިގެން މަތީގެ ވައްކަމުގެ މައްސަލަތައް، މަކަރާއި ހީލަތާއި ފޭރުމުގެ ކުށްތަކުގެ ތެރެއިން 1،000ރ. އިން މަތީގެ ޢަދަދަކަށް ހިޔާނާތްތެރި ވުމާއި ޓެކުމުގެ ކުށް، ކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓްކުރުމުގެ ކުށް އަދި ކުޑަކުދިންނާމެދު ބަދުއަޚްލާގީ ޢަމަލު ހިންގުމު ކުށެވެ. އަދި މީގެ އިތުރުން ފައިސާގެ މައްސަލައެއްގައި ހުކުމެއް އައިސްފައިވާ މީހަކަށް ފައިސާއާ ގުޅޭ މަސައްކަތެއްގެ ވަޒީފާއެއް ނުދިނުމަށްވެސް ސަރުކާރުން ނިންމާފައި ވެއެވެ.

ކުށުގެ ރެކޯޑު ސާފުކުރުމުގައި ބަލާނެ ނުވަ ކުށެއް ސަރުކާރުން ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކުށެއްކަމަށް ބެލިކަމުގައި ވިޔަސް މަސްތުވާތަކެތި ބޭނުން ކުރުން ކުށުގެ ރެކޯޑު ސާފުކުރާއިރު ބަލާ ކުށްތަކުގެ ތެރޭގައި ނުހިމެނެއެވެ. އަދި މީގެ އިތުރުން ރޭޕް ކުރުމުގެ ކުށެއް ވެސް ކުށުގެ ރެކޯޑު ސާފުކުރާއިރު ބަލާ ކުށްތަކުގެ ތެރޭގައި ހިމަނާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355