twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުއްލި ޚަބަރު: ކުޅުދުއްފުށީގައި 51 އަހަރުގެ ފިރިހެނެއް ގެއްލިގެން ހޯދަން ފަށައިފި

Jul 12, 2011

އިބްރާހިމް ހަމީދު

23:00

ކައުންސިލްގެ ރައީސް ޖަމްޝީދު މައުލޫމާތު ދެއްވާގޮތުގައި ކުޅުދުއްފުށީގެ މީހަކު ގެއްލިގެން އުޅޭ ހަބަރު މިހާރު ކައިރި ރަށްރަށަށް ވެސް އަންގަމުން ދާކަމަށެވެ. ހަސަން ހޯދުމުގެ މަސައްކަތުގައި ޕޮލިސް ސަރވިސްއާއި އެމްއެންޑީއެފްގެ އިތުރުން ރައްޔިތުންގެ ތެރެއިން ގިނަބަޔަކުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ގިނަބަޔަކު ކައުންސިލްގެ އިދާރާކައިގައިވެސް ހަރަކާތްތެރި ވަމުން އެބަދެއެވެ.

22:00

ހަސަން އިބްރާހިމް އެންމެ ފަހުން ފެނިފައިވަނީ ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ދެމެދުގައި އޮންނަ ގޯޅި ތެރެއިން ކަމަށް އޭނާ ފެނުން މީހަކާއި ހަވާލާދީ ކައުންސިލްއިން މައުލޫމާތު ދެއެވެ.

17:00

ކުޅުދުއްފުށީގައި މީހަކު ގެއްލިގެން ހޯދަންފަށާއިފިއެވެ.

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދާ މީހަކީ ކުޅުދުއްފުށީ އަރޮޅިމާގެ އުމުރުން 51 އަހަރުގެ ހަސަން އިބްރާހިމް ( ލާލު ހަސަން) އެވެ. ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން ހަސަން އިބްރާހީމްގެ އާއިލާއިން ބުނީ، މިއަދު ހެނދުނު 6:30 ގައި ގެއިން ނިކުމެގެން ދިޔަގޮތަށް އަދި ހަބަރެއް ނުވާ ކަމަށާއި ހަސަން އިބްރާހިމަކީ މިހާރު ކުޑަކޮށް ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ ކުޅުދުއްފުށީން 51 އަހަރުގެ ފިރިހެނެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާކަމަށާއި އަދި އިތުރަށް އެކަންތައްތައް ބަލަމުން ގެންދަވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ވިދާޅުވީ ކުޅުދުއްފުށީ އަރޮޅިމާގެ ހަސަން އިބްރާހިމް ގެއްލިގެން އެއާއިލާއިން ރަށު ކައުންސިލް އިދާރާއަށް އަންގާފައިވާ ކަމަށާއި މިހާރު ހަސަން އިބްރާހިމް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355