twitterviber whatsapp telegramfacebookyoutube instagram
12th December 2025

ގެއްލިގެން އުޅޭ މީހާ ހޯދުމަށްޓަކައި ފަޅުތެރެއަށް ފީނަން ފަށައިފި

Jul 13, 2011

އިބްރާހިމް ހަމީދު

13:00

އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދެއްވާ ގޮތުގައި ކުޅުދުއްފުށީގެ ފަޅު ތެރެއާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބެލުމަށް މިހާރު ފީނަމުން ދާކަމަށާއި އިބްރާހިމް ހަސަން ހޯދުމުގެ މަސައްކަތަށް އަދިވެސް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށެވެ.

10:00

ކުޅުދުއްފުށިން ގެއްލިގެން އިއްޔެ އިން ފެށިގެން ހޯދަމުންދާ ކުޅުދުއްފުށީ އަރޮޅިމާގެ ހަސަން އިބްރާހިމް ( ލާލު ހަސަން) އަދިވެސް ފެނިފައި ނުވާކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްގެ ރައީސް ޖަމްޝީދު މައުލޫމާތު ދެއްވާގޮތުގައި ހަސަން ހޯދުމުގެ މަސައްކަތުގައި ޕޮލިސް ސަރވިސްއާއި އެމްއެންޑީއެފްގެ އިތުރުން ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މެދުނުކެނޑި ދަނީ ހަރަކާތްތެރި ވަމުންނެވެ.

އުމުރުން 51 އަހަރުގެ ހަސަން އިބްރާހިމް ( ލާލު ހަސަން) ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން ހަސަން އިބްރާހީމްގެ އާއިލާއިން ބުނީ، އިއްޔެ ހެނދުނު 6:30 ގައި ގެއިން ނިކުމެގެން ދިޔަގޮތަށް ހަބަރެއް ނުވާ ކަމަށެވެ. ހަސަން އިބްރާހިމް އެންމެ ފަހުން ފެނިފައިވަނީ ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ދެމެދުގައި އޮންނަ ގޯޅި ތެރެއިން ކަމަށް އޭނާ ފެނުން މީހަކާއި ހަވާލާދީ ކައުންސިލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355