twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އެތުމާ ޕްރައިވެޓް ލިމިޓެޑުން ނެޕީގެ އާޕްރޮޑަކްޓެއް ރާއްޖޭގެ ބާޒާރަށް ނެރެފި

Jul 13, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ  އެތުމާޕްްރައިވެޓް ލިމިޓެޑުން ނެޕީގެ އާޕްރޮޑަކްޓެއް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އެތުމާޕްރައިވެޓް ލިމިޓެޑްގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ އަބްދުﷲ ފަޔާޒް ވިދާޅުވީ އެތުމާއިން ރާއްޖޭގެ ބާޒާރަށް މިނެރުނު ބްރޭންޑަކީ  ޕައިން ބުރޭންޑްގެ ޑައިޕަރ ކަމަށާއި މި ޑައިޕަރ ތައާރަފް ކުރީ ހަމައެކަނި ކުޅުދުއްފުއްޓަށް ނޫންކަމަށާއި މިއީ ދިވެހިރާއްޖެއަށް އަމާޒް ކޮށްގެން އެތުމާއިން ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފް ކުރި ބުރޭންޑެއް ކަމަށެވެ. އަދި ކޮލިޓީގެ ގޮތުން ބަލާއިރު ރާއްޖޭގައި މިގެންގުޅޭ އެހެން ނެޕީތަކަށްވުރެ ފެންވަރު ރަނގަޅު ވާނެ ކަމަށާއި މިއީ ތުރުކީވިލާތުގެ ބުރޭންޑެއް ކަމަށް އަބްދުﷲ ފަޔާޒް މައުލޫމާތު ދެއްވިއެވެ. އަދި މިހާރު ޔޫރަޕާއި އޭޝިޔާގެ ބައެއް ގައުމުތަކުގައި މަގުބޫލުކަން ލިބެމުންދާ ބްރޭންޑެއް ކަމަށް ވިދާޅުވިއެވެ.

އިތުރަށް މައުލޫމަތު ދެއްވަމުން މާކެޓިންގ މެނޭޖަރ ވިދާޅުވީ  ރާއްޖޭގައި މިގެންގުޅޭ އެހެން ނެޕީތަކާ މުޅިން ހިލާފަށް މި ޑައިޕަރގައި މީރު ވަހެއް އެކުލެވޭނެއެވެ. މިއީ ސީދާ ކުޑަކުދިންގެ ހަންގަނޑަށް ފަސޭހަ އަދި އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ނެޕީ ނައްޓާ ތަތްކުރެވޭގޮތަށް ތައްޔާރު ކުރެވިފައިވާ މޮޅު ނެޕީ އެކެވެ.

ޕައިން ބްރޭންޑްގެ ނެޕީސީދާ ރާއްޖޭން ބޭރުން ގެންނަގޮތަށް ކުޅުދުއްފުށީ ބަނދަރުން ކުލިއާކޮށްގެން ބާޒާރަށް ނެރެމުންދާކަމަށާއި ކުރިއަށް އޮތްތަނުގައި މިއުފެއްދުން ރާއްޖޭގެ ދެކުނުގެ ސަރަހައްދީ ބަނދަރުން ކުލިއަރ ކޮށްގެން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ސަޕްލައި ކުރުމަށް ވިސްނަމުންދާކަމަށް އެތުމާއިން މައުލޫމާތު ދެއެވެ.

މިބުރޭންޑްގެ ނެޕީ ބޭނުން ކުރައްވާ ފަރާތަކުން ވާހަކަ ދައްކަމުން ބުނި ގޮތުގައި އެތުމާއިން ރާއްޖޭގެ ބާޒާރަށް މިނެރުނު ޕައިން ނެޕީއަކީ ރާއްޖޭގެ ބާޒާރުގައި މިގެންގުޅޭ ނެޕީތަކަށް ވުރެ ކޮލިޓީ ރަނގަޅު ނެޕީއެއްކަމަށާއި މީގެ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ނެޕީއަކީ ހާއްސަކޮށް  ކުޑަކުދީން އެއްޗަކަށް ވީއިރު މީރުވަހެއް ދުވާ ކުޑަކުޑީންގެ ހަންގަނޑާއިގުޅޭގޮތަށް ނެޕީގައި ކުރީމެއް އެކުލެވިފައިވާތީ އާއި އެއްފަހަރަށް ވުރެ ވެސް ގިނަ ފަހަރު ޓޭޕްތަތްކޮށް ނައްޓާ ހެދުމުގައިވެސް އެއްވެސް އުނދަގުލެއް ނެތި ދެވަނަ ފަހަރުވެސް ތަތްކޮލައިގެން ހިފަހައްޓާތީ ވަރަށް ފަސޭހަކަމަށެވެ.

އެތުމާއިން މި ޑައިޕަރ ރީޓޭލް ކުރަނީ ބޮނޑިއެއް 100 ރުފިޔާއަށެވެ. އަދި ހޯލްސޭލްކޮށް ކޭހެއް 540 ރުފިޔާއަށެވެ. އަދި ހުރިހާ ސައިޒެއްވެސް ލިބެން އެބަހުރި ކަމަށް އެތުމާއިން ހާމަކުރެއެވެ.

ޕައިން ބްރޭންޑްގެ މިނެޕީގެ  ރާއްޖޭގެ ސޯލްޑިސްޓްރިބިއުޓަރަކީ އެތުމާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355