twitterviber whatsapp telegramfacebookyoutube instagram
17th October 2025

ކުޅުދުއްފުށީގައި މީހެއްގެ އަންބަކު ބްލެކްމެއިލް ކުރި ފުލުހަކު ހައްޔަރުކޮށްފި

Jul 14, 2011

ކުޅުދުއްފުށީ އަންހެނަކަށް  ބިރުދައްކައި ބްލެކްމެއިލްކުރަމުން ދިޔަ ފުލުހަކު ހައްޔަރު ކޮށްފިއެވެ.

ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެމައްސަލައިގައި ހައްޔަރު ކުރި ފުލުހަކީ، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ވަޒީފާ އަދާކުރާ ކުޅުދުއްފުށީގެ މީހެއް ކަމަށެވެ. މީޑިޔާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެމައްސަލައިގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުކޮށް މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ އަންހެން މީހާގެ ފިރިމީހާ ދުވަހު ނޫސް ހަވީރަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، އެ ފުލުސް މީހާ އޭނާގެ އަންހެނުން ބްލެކްމެއިލްކޮށްގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް އެ ކަން ފުލުހުންނަށް ހުށަހަޅައިގެން އެ ކަމުން ސަލާމަތްވެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، އެކަން ކުރި ފުލުސް މީހާ ހައްޔަރުކުރީ އިއްޔެ ކަމަށް ވެސް އަންހެންކުއްޖާގެ ފިރިމީހާ ބުންޏެވެ.

މިމައްސަލައިގައި އެފުލުސް މީހާ ހައްޔަރުކޮށްފައިވާއިރު ބްލެކްމެއިލް ކޮށްފައިވާ ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355