twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަދަނަ އާބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް މިރޭ ތިލަދެކުނު ސިނަމާގައި އޮންނާނެ

Jul 14, 2011

މުހައްމަދު އާދަމް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުން ގެންދާ ޚިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.

އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަން އިން އިސްނަގައިގެން އެންސްޕާ އާގުޅިގެން ހިންގާ މިޕްރޮގްރާމުގައި އެންސްޕާއިން ދެމުންގެންދާ މަދަނަ ޕްރޮގްރާމްގެ މައުލޫމާތުގެ އިތުރުން އެތަނުން ދެމުން ގެންދާ އެހެނިހެން ސަބްސިޑީތަކާއި ހިންގަމުން އަންނަ އެހެނިހެން ޕްރޮގްރާމްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ކޯޕަރޭޝަންއިން މައުލޫމާތު ދެއްވައެވެ.

މިގޮތުން ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުން މިރޭ 8:45 ގައި ތިލަދެކުނު ސިނަމާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހއ. ދިއްދޫގައި މިއަދު މެންދުރު ފަހު ސެޝަންއެއް ބާއްވާއިރު ށ. ފުނަދޫގައި މާދަމާ މެންދުރު ފަހު މައުލޫމާތު ދިނުން އޮންނާނެއެވެ. މީގެ އިތުރުން ކުރިޔަށް މިއޮތް ހޮނިހިރު ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހޮސްޕިޓަލްގެ ގޯތި ތެރޭގައި އަދި ބަނދަރު މަތީ ސަރަހައްދުގައި މައުލޫމާތު ދިނުމަށް ބޫތުތަކެއް ބެހެއްޓުމަށް ހަމަޖެހިފައި ވާކަމަށް ހެލްތު ކޯޕަރޭޝަން އިން މައުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމުތައް ހިންގާއިރު ޕްރެޒެންޓޭޝަންތައް ދިނުމުގެ އިތުރުން ފޯމު ފުރައިދިނުމާއި ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ވަކިވަކިން ޖަވާބު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެންސްޕާއާ ހަވާލާދީ ކޯޕަރޭޝަން އިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްތައް ހިންގުމަށް މަތި އުތުރަށް އަންނަ ޓީމުގައި އެންސްޕާގެ ޗެއަރމަން އިބްރާހިމް ވަހީދުގެ އިތުރުން 4 ބޭފުޅެއް ބައިވެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355