twitterviber whatsapp telegramfacebookyoutube instagram
11th February 2026

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ ކުލާސްރޫމް އިމާރާތާއި ހދ އަތޮޅު ތަޢުލީމީ މަރުކަޒުގައި އަޅާ ހޯލުގެ މަސައްކަތް ބީލަމަށް ލައިފި

Jul 14, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ ކުލާސްރޫމް އިމާރާތާއި ހދ އަތޮޅު ތަޢުލީމީ މަރުކަޒުގައި އަޅާ ހޯލު ގެ ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑުން ނެރެފައިވާ އިއުލާނުގައިވާ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބޭނުމަށް ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ދެއިމާރާތުގެ ބީލަން ހުށައެޅުމުގެ ފުރުސަތު ޖުލައި 06 ގައި ހުޅުވާލާފައިވާއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ 118 ދުވަސް ކަމަށެވެ.

އަފީފުއްދީން ސްކޫލް އަދި ހދ އޭއީސީގައި އަޅާ އިމާރާތުގެ ބިޑް ހުށަހަޅާއިރު ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި އަގުގެ 05 ޕަސެންޓް ހުށައަޅަން ޖެހެއެވެ. މިހާރު އިއުލާނު ކޮށްފައިވާ އެ ބިޑުގެ ބީލަން ފޮތް މިމަހުގެ 25 ގެ ނިޔަލަށް ވިއްކާނެ އެވެ. ބީލަން ފޮތެއްގެ އަގަގީ 500 ރުފިޔާ ކަމަށްވެސް ޓެންޑަރ ބޯޑުގެ އިއުލާނުގައި ވެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު އެޑިޔުކޭޝަން މިނިސްޓަރު ބިންގާ އަޅުއްވައި ދެއްވި މި ދެއިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް މިމަހުގެ 6 ވަނަ ދުވަހު ބީލަމަށް ލާފައިވާއިރު އެ ބީލަމުގެ ޕްރީބިޑް މީޓިން ބާއްވާނީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 03 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355