twitterviber whatsapp telegramfacebookyoutube instagram
8th May 2025

ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް އެންމެ އުތުރުގެ ތިން އަތޮޅުން މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ދެވަނަ އިންތިހާބުގައި ވެސް ވޯޓު އެއްވަރުވެއްޖެ

Jul 15, 2011

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އެންމެ އުތުރުގެ ތިން އަތޮޅުން މެމްބަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އަނެއްކާ ވެސް ވޯޓު އެއްވަރުވެއްޖެ އެވެ.

ހުސްވި ޖޫން މަހުގެ 26 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ވެސް ވާދަކުރި ދެ ކެނޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ. ހއ ހދ އަދި ށ އަތޮޅު ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި ވާދަކޮށްފައިވަނީ އެމްޑީޕީ މެމްބަރު ފިރާގު އިބްރާހިމް އާއި ޑިއާރުޕީގެ މުހައްމަދު އާރިފެވެ. މިދެ ކެނޑިޑޭޓުންނަށް މިއަދު ބޭއްވި އިންތިހާބުގައި ވެސް ލިބިފައިވަނީ 13 ވޯޓެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންތިހާބުގެ ވޯޓާ ގުޅޭ ގޮތުން ކޮށްފައިވަނީ އެންމެ ޝަކުވާއެކެވެ. އެއީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައިވާ ގޮތް ރަނގަޅު ނޫންކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޝަކުވާ ހުށަހެޅުމަށް ދީފައިވާ 24 ގަޑިއިރުގެ މުހުލަތު ހަމަވުމުން ދާއިމީ ނަތީޖާ އިއުލާނު ކުރާނެކަމަށް އެލްޖީއޭ އިން ބުނެއެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލްތަކުން 4 މެމްބަރަކު އިންތިހާބު ކުރަންޖެހޭއިރު އެންމެ އުތުރުގެ ތިން އަތޮޅު ފިޔަވައި އެހެން އަތޮޅުތަކުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ އަށް މެމްބަރުން ވަނީ އިންތިހާބުކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355