twitterviber whatsapp telegramfacebookyoutube instagram
19th September 2024

ގޫގުލް ފަދަ ސާރޗް އިންޖިންތަކުގެ ސަބަބުން އިންސާނުންގެ ހަނދާން ކުރުމުގެ ބާރަށް އަސަރު ކުރުވާ: ދިރާސާ

Jul 17, 2011

އިންސާނުންގެ ސިކުނޑިން ކަންކަން ހަނދާނުގައި ބެހެއްޓުމުގެ ބާރަށް ގޫގުލް ފަދަ ސަރޗް އިންޖިންގ ތަކުގެ ސަބަބުން އަސަރު ކުރަން ފަށާފައި ވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ބެޓްސީ ސްޕެރޯ، ހަވާޑް ޔުނިވާސިޓީގެ 46 އަންޑަގްރެޖުއޭޓް ދަރިވަރުން ބޭނުންކޮށްގެން ހެދި ސަރވޭގައި ދައްކާފައިވަނީ، ކޮމްޕިއުޓަރު ބޭނުންކޮށްގެން ހޯދޭ މައުލޫމާތު އެމީހުންގެ ސިކުނޑީގައި ރައްކާކުރުމަށް މާބޮޑަށް އިސްކަމެއް ނުދޭކަމެވެ. އަދި ކޮންޕިއުޓަރު ބޭނުންކޮށްގެން ނުހޯދޭހެން ހީވާ މައުލޫމާތު ސިކުނޑީގައި ރައްކާކުރުމަށް ނުވަތަ ހަނދާނުގައި ބެހެއްޓުމަށް ބޮޑަށް މަސައްކަތް ކުރެއެވެ. އަދި މައުލޫމާތު ހަނދާނުގައި ބެހެއްޓުމުގެ ބަދަލުގައި މައުލޫމާތެއް އިންޓަނެޓުން ހޯދާނެގޮތް ހަނދާނުގައި ބަހެއްޓުމަށް އިސްކަންދޭކަންވެސް ދިރާސާއިން ދައްކާފައިވެއެވެ.

“ގޫގުލް ފަދަ ސަރޗް އިންޖިންތައް އުފެދުން ފަހުން އަހަރެމެންގެ ސިކުނޑީގައި ހަނދާން ބެހެއްޓުމުގެ ބަޔަށް ބަދަލުތަކެއް އަންނަމުންދަނީ.” ޕްރޮފެސަރ ސްޕެރޯ ބުނެފައިވެއެވެ. “ކުރީގައި އާއިލާ މީހުންނާއި ރައްޓެހިންގެ އެހީތެރިކަން ހޯދާފަދައިން ކަމެއް ހަނދާން ކުރަން ނުވަތަ މައުލޫމާތެއް ހޯދަން ޖެހިއްޖެނަމަ މިހާރު އިންޓަނެޓްގެ އެހީ ހޯދާމިންވަރު މާބޮޑަށްވެސް އިތުރުވެއްޖެ. އަދި މައުލޫމާތު ހަނދާން ބެހެއްޓުމުގެ ބަދަލުގައި މިހާރު ހަނދާން ބަހައްޓަނީ އިންޓަނެޓުން އެމައުލޫމާތު ހޯދާނީ ކޮންތާކުންކަން.”

ގޫގުލް ފަދަ ސަރޗް އިންޖީނު ތަކަކީ މިހާރު ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް އާއްމު ވެފައިވާ އެއްޗެއްސެވެ. އަދި ދިވެހިންގެ ދިރިއުޅުމާއި ކަންކަން ހަނދާން ބެހެއްޓުމުގެ ވައްޓަފާޅިއަށްވެސް މިފަދަ ބަދަލުތަކެއް އައިސްފައިވުން އެކަށީގެންވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355