twitterviber whatsapp telegramfacebookyoutube instagram
8th April 2026

ކުޅުދުއްފުށިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށް އެބަގެންދަން: ކައުންސިލް އިދާރާ

Jul 17, 2011

އިބްރާހިމް ހަމީދު

މިމަހު ބާރަވަނަ ދުވަހު ވީނުވީތަނެއް ނޭނގި ގެއްލިގެން ހޯދަމުންދާ ކުޅުދުއްފުށި އަރޮޅިމާގެ ހަސަން އިބްރާހިމް ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށްދާކަމަށް ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޖަމްޝީދު ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންނާއި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން  04 ދުވަސް ވަންދެން މެދު ކެނޑުމެއްނެތި ހަސަން އިބްރާހިމް ހޯދަން  ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބޭކަމަށާއި އެހެން ނަމަވެސް އަދި ވެސް ހަސަން އިބްރާހިމް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ދާކަމަށެވެ. އަދި މިއަދުވެސް ހަސަން އިބްރާހިމްގެ އާއިލާއާއި ބައްދަލުކޮށް އެމީހުންގެ ހާލު ބަލާފާވާނެ ކަމަށެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އަހްމަދު ޝިޔާމް ވިދާޅުވީ އަދި ވެސް ކުޅުދުއްފުށިން ގެއްލުނު ހަސަން އިބްރާހިމް ނުފެންނަކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355