twitterviber whatsapp telegramfacebookyoutube instagram
19th September 2024

އެންމެ އުތުރުގެ ތިން އަތޮޅުން އެލްޖީއޭގެ ބޯޑަށް އެމްޑީޕީގެ މެމްބަރު ފިރާޤު އިބްރާހީމް އިންތިހާބު ކޮށްފި

Jul 20, 2011

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އެންމެ އުތުރުގެ ތިން އަތޮޅުން މެންބަރަކު ހޮވުމަށް 4 ވަނަ ފަހަރަށް ބޭއްވި އިންތިހާބުން ށ އަތޮޅު ކައުންސިލުގެ އެމްޑީޕީގެ މެމްބަރު ފިރާގު އިބްރާހީމް އެމަގާމަށް ހޮވިވަޑައިގެންފިއެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބޭއްވި އިންތިހާބުގައިވެސް އެ ބޯޑަށް ކުރިމަތިލި ދެ ކައުންސިލަރުންގެ ވޯޓުވެސް ވަނީ އެއްވަރުވެފައެވެ. ކުރިން ދެފަހަރެއްގެ މަތިންވެސް ވޯޓު އެއްވަރު ވެފައިވާތީ ތިންވަނަ ފަހަރަށް ވޯޓު ލާފައިވަނީ މިއަދު ހެނދުނު އެވެ. މިއަދު ހެނދުނު ބޭއްވި ތިންވަނަބުރުގެ ވޯޓުގައި ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަތީ 14 ވޯޓެވެ.

މިއަދު ހެނދުނު ބޭއްވި އިންތިހާބުގައި ވޯޓު އެއްވަރުވުމުން މިއަދުގެ ހަވީރުގެ ވަގުތެއްގައި ހަތަރުވަނަ ބުރަށް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖުމްލަ 27 މެމްބަރުން ވޯޓު ދިން މިބުރުގައި އެބޯޑަށް ކުރިމަތިލާފައިވާ ށ އަތޮޅު ކައުންސިލުގެ އެމްޑީޕީގެ މެމްބަރު ފިރާގު އިބްރާހީމަށް 15 ވޯޓު ލިބިވަޑައިގަތްއިރު އިންތިހާބުގައި ވާދަކުރެއްވި މުހައްމަދު އާރިފަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލުތަކުން 4 މެމްބަރުން ހޮވާއިރު މިހާތަނަށް މެމްބަރަކު އިންތިހާބު ނުކުރެވިވަނީ އެންމެ އުތުރުގެ ތިން އަތޮޅުން އެބޯޑަށް ހޮވަންޖެހޭ މެމްބަރެވެ. ހދ އަތޮޅު ކައުންސިލުގެ މެމްބަރަކު މިއަދު މައުލޫމާތު ދެއްވި ގޮތުގައި މިހާ ގިނަފަހަރު ވޯޓު ލާންޖެހިފައިވަނީ އެމްޑީޕީގެ ބައެއް ކައުންސިލަރުން އެމްޑީޕީގެ މެމްބަރަށް ކުރީ ބުރުތަކުގައި ވޯޓު ދީފައި ނުވުމުގެ ސަބަބުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355