twitterviber whatsapp telegramfacebookyoutube instagram
8th April 2026

ހދ އަތޮޅު ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް ފާސްކޮށްފި

Jul 21, 2011

(15:50)

ހދ އަތޮޅު ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް އެކައުންސިލުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެކައުންސިލުގެ ހާއްސަ ޖަލްސާގައި ކައުންސިލުގެ ރައީސް އާދަމް ވަހީދު އާއި ނައިބު ރައީސް އަހްމަދު ހަލީލްގެ މައްޗަށް  އިތުބާރު ނެތްކަމަށް ފާސްކޮށް މިހާރު ކުރިއަށްދަނީ އެދެމަގާމަށް މެމްބަރަކު އިންތިހާބުކުރުމުގެ މަސައްކަތެވެ.

އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އެމަޤާމުން ދުރުކުރީ، އެ ކައުންސިލްގެ އެމް.ޑީ.ޕީގެ 6 މެމްބަރަކު ސޮއިކުރައްވާ ހުށަހެޅި ކުއްލި މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެވެ.

(15:05)

ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް އެކައުންސިލުން ދާދި ދެންމެއަކު ނިންމައިފި އެވެ.

ހދ އަތޮޅު ކައުންސިލުގެ ރައީސް އާއި ނައިބު ރާއިސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވަނީ މިހާރު ހިނގަމުންދާ އެކައުންސިލުގެ ޖަލްސާގައެވެ.

ހދ އަތޮޅު ކައުންސިލުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޖަލްސާ ދޫކުރައްވާ ނުކުމެވަޑައިގަތުމުން މިހާރު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ މްމަބަރު ޒަކަރިއްޔާ ހަސަން އެވެ.

)އިތުރު ތަފްސީލް އަންނަނީ(

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355