twitterviber whatsapp telegramfacebookyoutube instagram
19th September 2024

ހދ އަތޮޅު ކައުންސިލުގެ ރައީސަކަށް ޝުކޫރު އަދި ނައިބު ރައީސްކަމަށް މުހައްމަދު ޤާސިމް

Jul 21, 2011

އިބްރާހީމް ހަމީދު

ހދ އަތޮޅު އަތޮޅު ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް ފާސްކޮށް މަގާމުން ވަކިވުމާއެކު، އެކައުންސިލުގެ އާ ރައީސަކަށް ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު ޝުކޫރު އަދި ނައިބު ރައީސް ކަމުގެ މަގާމަށް ހަނިމާދޫ ދާއިރާ ތަމްސީލު ކުރައްވާ މުހައްމަދު ގާސިމް އިންތިހާބު ކޮށްފިއެވެ.

ޖުމްލަ 10 ކައުންސިލަރުން ތިއްބަވާ ހދ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ޝުކޫރު އިންތިހާބުވީ 07 ވޯޓު ލިބިގެންނެވެ. އެމަގާމަށް ޝުކޫރު ހޮވުމަށް ނުފެންނަކަމަށް 01 ވޯޓު ލިބުނުއިރު ބާތިލް އެއް ވޯޓު ލާފައިވެއެވެ. މިވޯޓުގައި ބައިވެރިވެފައިވަނީ 09 ކައުންސިލަރުންނެވެ.

ނައިބު ރައީސް ކަމުގެ މަގާމަށް މުހައްމަދު ގާސިމް ހޮވުމަށް ފެންނަކަމަށް 06 މެމްބަރުން ތާއީދު ކުރެއްވި އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް ކައުންސިލަރަކު އިންނެވި އެވެ. އެވޯޓު ނަގަން ފެށުމުން 03 ކައުންސިލަރަކުވަނީ ޖަލްސާ ދޫކުރައްވާ ބޭރަށް ވަޑައިގަންނަވާފައެވެ.

މީޑިޔާ އަށާއޮ އާންމުންނަށް ބައިވެރިވެވޭގޮތަށް ބޭއްވި މިއަދުގެ ޖަލްސާގައި ބައެއް ކައުންސިލަރުން ވަނީ އެޖަލްސާއަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދަވާ ޖަލްސާއެއް ކަމަށެވެ. އަދި އެމައްސަލައިގައި ހަނިމާދޫ ކައުންސިލަރ މުސްތަފާ ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ ކައުންސިލަރ ޒަކަރިއްޔާ ހަސަން އެވެ. އަދި އާ ރައީސަކު އިންތިހާބުކޮށް ނިމުމާއެކު ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ރައީސްކަމަށް އިންތިހާބުކުރި މުހައްމަދު ޝުކޫރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355