twitterviber whatsapp telegramfacebookyoutube instagram
23rd August 2025

އެމް.އެން.ޑީ.އެފްގެ ލޯންޗެއް ކުޅުދުއްފުށީ ބޭރަށް ހުއްޓުމުން އެއްގަން ކުރުމަށް އުރުވާލައިފި

Jul 24, 2011

ކުޅުދުއްފުށިން ފުރައިގެން ހަނިމާދުއަށް ދަތުރު ކުރަމުންދިޔަ އެމް.އެން.ޑީ.އެފްގެ ލޯންޗެއް އިންޖީނު މައްސަލަ ޖެހި ހުއްޓުމުގެ ސަބަބުން އެއްގަން ކުރުމަށްޓަކައި އުރުވާލައިފިއެވެ.

މިއަދު މެންދުރު ފަހު ހިނގި މި ހާދިސާގައި އެމްއެންޑީއެފްގެ ލޯންޗުގައި ދަތުރު ކުރަމުންދިޔަ އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި ލޯންޗަށްވެސް މާބޮޑު ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ހަސަން އިބްރާހިމް މިނޫހަށް މައުލޫމާތު ދެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗް ކުޅުދުއްފުށިން ފުރައިގެން ކުޅުދުއްފުށީގެ ދެކުނު ފަރާތުން ދަތުރު ކުރަމުން ދަނިކޮށް އިންޖީނު މައްސަލަ ޖެހިގެން ހުއްޓުނީއެވެ. އަދި އެވަގުތު ލޯންޗުގައި ތިބި މީހުން ނިންމީ ލޯންޗް އުރުވާލާ އެދިމާލުން އެއްގަމަށް ނެގުމަށެވެ. ނަމަވެސް އެދިމާލުން އެއްގަން ކުރުމަށް ކުރި މަސައްކަތް ހުއްޓާލައި އަލުން ލޯންޗް ފުންކޮށްގެން ވަނީ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ބަނދަރަށް ކައިރިކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ލޯންޗް ހުއްޓުނު ހަބަރު ލިބުމާއެކު ކަސްޓަމްސްގެ ލޯންޗް ވަނީ އެހީތެރިވުމަށް އެތަނަށް ކައިރިކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355