twitterviber whatsapp telegramfacebookyoutube instagram
11th February 2026

ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވައިފި

Jul 25, 2011

ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި، ދިވެހި ސަރުކާރާއި ކުޅުދުއްފުށީ ކައުންސިލް ހިއްސާދާރުންގެ ގޮތުގައި ހިމެނޭގޮތަށް، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ،  ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަރާރަކުން އުފެއްދެވި މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ކުޅުދުއްފުށީ ލޭންޑްޔޫޒް ޕްލޭންގައި “ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ޒޯން” ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދު، ދިވެހި ސަރުކާރުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކޮށް، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އެކިއެކި ވަސީލަތްތައް ޤާއިމުކޮށް، ވިޔަފާރީގެ ތަފާތު އިންވެސްޓްމަންޓުތަކަށް މަގުފަހިކޮށްދެއްވުމަށްޓަކައި އުފެއްދެވި ކުންފުންޏެއްްކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.



Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355