twitterviber whatsapp telegramfacebookyoutube instagram
27th September 2026

ވައިކަރަދޫގައި ދިހަ އަހަރުގެ ކުއްޖެއްގެ ލޮލަށް ވަޅިއެއް ހެރިއްޖެ

Jul 26, 2011

ހދ. ވައިކަރަދޫ ގައި އުމުރުން ދިހަ އަހަރުގެ ކުއްޖެއްގެ ލޮލަށް ވަޅިއެއް ހެރިއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއް ހިނގި މިހާދިސާގައި ވަޅި ހެރިފައިވަނީ ވައިކަރަދޫ އިލާ، މުޙައްމަދު އާލިމްގެ ވާއަތު ލޮލަށެވެ.

ވަޅި ހެރުމާއެކު ހެނދުނު 11 ޖަހާލާކަންހާއިރު އޭނާ ވަނީ ފަރުވާދިމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަށް ގެންގޮސްފައެވެ. އަދި މިއަދު މެންދުރު ފަހު 2 ގެ ކުރިން އިތުރަށް ފަރުވާދިނުމަށް މާލެ ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ވައިކަރަދޫ ކައުންސިލްގެ މެންބަރު އަހުމަދު ވަހީދުއަށް ގުޅާލުމުން ވިދާޅުވީ. އެފަދަ ކަމެއް ހިނގައިގެން އުޅޭކަމަށާއި ކިހިނެތް ހިނގިކަމެއްކަމާއި އިތުރު މައުލޫމާތެއް އަދި ލިބިފައިނުވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293