twitterviber whatsapp telegramfacebookyoutube instagram
23rd August 2025

ހދ. އަތޮޅުގެ ރަށްތަކަށް ބެހުމަށް 181 ކަދުރު ފޮށި ލިބިފައިވޭ: އަތޮޅު ކައުންސިލް

Aug 1, 2011

ހދ. އަތޮޅުގެ ރަށްތަކަށް ބެހުމަށް 181 ގަނޑުފޮށި ކަދުރު ލިބިފައިވާ ކަމަށް އަތޮޅު ކައުންސިލް އިން ބުނެފިއެވެ.

ތިލަދުންމަތީ ދެކުނުބުރީގައި ހިމެނޭ މީހުން ދިރިއުޅޭ 13 ރަށަށް ބެހުމަށް ލިބިފައިވާ ކަދުރު ފޮށިތައް ވަރަށް އަވަހަށް އެރަށްތަކުގެ ރަށްޔިތުންނަށް ފޯރުކޮށްދީ ނިންމާލެވޭނެކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ދާދިފަހުން އިންތިހާބު ކުރެވުނު މުހައްމަދު ޝުކޫރު މައުލޫމާތު ދެއްވިއެވެ.

“181 ކަދުރު ފޮށިގަނޑު އެބަހުރި ލިބިފައި. މިހާރު ކުރަމުން މިދާ މަސައްކަތަކީ އެފޮށިތައް އެރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް.” ޝުކޫރު ވިދާޅުވިއެވެ. “ވަރަށް އަވަހަށް ހުރިހާ ފޮށިތަކެއް ރައްދުކޮށްދީ ނިންމާލެވޭނެ.”

މިއަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ސައޫދީ ރަސްގެފާނުންގެ ހަދިޔާއެއްގެ ގޮތުގައި ރާއްޖެއަށް ވަނީ 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އަދި އެކަދުރުތައް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބަހާނެކަމަށް ރައީސްއޮފީހުން މައުލޫމާތު ދީފައިވެއެވެ. މީގެ 23 އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކުވެސް ސައޫދީއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355