twitterviber whatsapp telegramfacebookyoutube instagram
12th May 2025

ކުޅުދުއްފުށީ ކައުންސިލް އިދާރާއިން މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

Aug 2, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ކައުންސިލް އިދާރާއިން މިއަހަރުގެެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ހާމަކުރަށްވާ ގޮތުން 1432 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިތުރު ޒަކާތް މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އާއިހަމައަށް އެއިދާރާގައި ފިތުރު ޒަކާތް ބަލައިގަތުން އޮންނާނެއެވެ.

ފިތުރުޒަކަތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށްކައި އުޅުނު ހަނޑުލެއްގެ ބާވަތަށް ބަލައިގެންނެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯހަނޑުލުގެ މިންވަރަށްވާ ފައިސާއިން ކަމަށް ކައުންސިލްއިން ބުނެއެވެ.

ކައުންސިލްއިން އިއުލާނު ކޮށްފައިވާ ގޮތުގައި ފައިސާއިން މީހަކަށް ދައްކަން ޖެހޭއަދަދަކީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާއެވެ. ތައިލެންޑު ހަނޑުލުން ނަމަ 36 ރުފިޔާ އަދި ބާސްމަތީ ހަނޑުލުން ނަމަ 60 ރުފިޔާ އެވެ. މީގެ އިތުރުން ފުށުން ފަރީ ކުޅުއްވާ ބޭފުޅުން ޒަކާތް ދައްކަވާނީ އާދައިގެހަނޑުލުގެ ރޭޓުންނެވެ. ރަތް ހަނޑުލުން ނަމަ ޒަކާތް ދައްކާނީ ބާސްމަތީ ހަނޑުލުގެ ރޭޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355