twitterviber whatsapp telegramfacebookyoutube instagram
12th December 2025

ޝޭޕް އެރޮބިކްސް ސްޓޫޑިޔޯގެ ނަމުގައި ކަސްރަތު ކުރާތަނެއް ކުޅުދުއްފުށީގައި ހުޅުވައިފި

Aug 9, 2011

އިބްރާހިމް ހަމީދު

ޝޭޕް އެރޮބިކްސް ސްޓޫޑިއޯގެ ނަމުގައި ކުޅުދުއްފުށީގައި ކަސްރަތު ކުރާތަނެއް ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި ހުޅުވި ޝޭޕް އެރޮބިކްސް ސްޓޫޑިއޯ ހިންގުމާ ހަވާލުވެހުރި އަދި އެސްޓޫޑިއޯގެ އިންސްޓްރަކްޓަރ ހަބީބާ އަހްމަދު ވިދާޅުވީ ޝޭޕް އެރޮބިކްސް ސްޓޫޑިޔޯ އަކީ، ދުޅަހެޔޮ ސިއްހަތަކަށްޓަކައި ކަސްރަތު ކުރުމަކީ މުހިއްމު ކަމަކަށްވާއިރު ހުރިހާ އުމުރެއްގެ ބޭފުޅުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމުގެ މަގްޞަދުގައި ހުޅުވި ތަނެއް ކަމަށެވެ.

ޝޭޕް އެރޮބިކްސް ސްޓޫޑިޔޯ އިން މައުލޫމާތު ދޭގޮތުގައި އެސެންޓަރުގައި މިހާރުވެސް އަންހެން ކުދިންގެ 03 ކުލާހަކާއި ފިރިހެން ކުދިންގެ 01 ކުލާސް ކުރިއަށް ގެންދެއެވެ. މަހަކު 250 ރުފިޔާ ދައްކަންޖެހޭ މި އެރޮބިކްސް ސްޓޫޑިޔޯގައި މިހާރުވެސް 40 ކުއްޖަކު ކަސްރަތު ޕުރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ދެއެވެ.

ޝޭޕް އެރޮބިކްސް ސްޓޫޑިޔޯއިން މައުލޫމާތު ދޭގޮތުގައި މިރަމަޟާން މަސް ނިމުމުން އެސްޓޫޑިޔޯގެ ރެގިއުލަރ ކްލާސްތައް ފެށޭނެ އެވެ. އަދި މިހާރު ކަސްރަތު ކުރުމަށް ބޭނުންކުރާ މެޝިނަރީތައް ނެތްކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެތަނުން ޖިމްގެ ހިދުމަތްވެސް ލިބެން ހުންނާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355