twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީގައި މަކުނުދޫ ޒުވާނަކަށް ހަމަލާދީ ބޯ ފަޅާލައިފި

Aug 9, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި މިރޭ މާރާމާރީ ހިންގައި ހދ މަކުނުދޫ އުމުރުން 22 އަހަރުގެ ޒުވާނެއްގެ ބޯފަޅާލައިފިއެވެ.

މާރާމާރީގައި ބޯ ފަޅައިގެންގޮސްފައިވަނީ ހދ. މަކުނުދޫ އޯޝަންލީޑް އަހްމަދު ސުހެއިލް (22) ކަމަށް މައުލޫމާތު ލިބެއެވެ.

މަންޒަރުދުއް ފަރާތަކުން މިނޫހަށް މަޢުލޫމާތު ދިންގޮތުގައި އަހްމަދު ސުހެއިލް ކުޅުދުއްފުށީ މުސްތަރީމަންޒިލް ކިޔާ ގެއެއްގެ ދޮރުމަތީ ހުއްޓާ ދެމީހަކު އައިސް އޭނާގެ ގައިގައި ތަޅައި ގަތްކަމަށް ވެއެވެ. އަދި އެމާރާމާރީގައި އޭނާގެ ބޯފަޅައިގެން ގޮސް ލޭތައް އެތަނަށް ފައިބަމުން ދިޔަ ކަމަށް ނަން ހާމަކުރުމަށް ނޭދޭ މަންޒަރު ދުށް ފަރާތަކުން މައުލޫމާތު ދިނެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި އަހްމަދު ސުހައިލް އަކީ މުސްތަރީމަންޒިލް އިން ކޮޓަރިއެއް ކުށްޔަށް ހިފައިގެން އުޅޭ މީހެކެވެ. އަދި އޭނާ ކުޅުދުއްފުށީގައި މަޑުކޮށްގެން ހުރީ މާލެ ދިއުމަށްޓަކައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިރޭ ގާތްގަނޑަކަށް 10 ޖަހާއިރު ހިނގި މިމާރާމާރީގައި ޒަހަމްވި އަހްމަދު ސުހައިލަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު މިމާރާމާރީ ހިންގާފައިވަނީ އަންހެން ކުއްޖެއްގެ މައްސަލައެއްގައި ކަމަށް ހަބަރު ލިބެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ މިރޭ އިރާކޮޅު ކުޅުދުއްފުށީގައި މާރާމާރީއެއް ހިންގާފައިވާ ކަމަށާއި އެމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ގެންދަވަނީ އިތުރަސް ތަހުގީގު ކުރަމުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355