އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ގެ އަވަށްތަކުގައި އިސްކޮށް ހަރަކަތްތެރިވާ ބޭފުޅުންނާއި ރަށުގެ ކަމުވޮށިގެންވާ މީހުން އިސްނަގައިގެން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިފިއެވެ.
ރޭ ތިލަދެކުނު ސިނަމާގައި ބޭއްވި ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސިއްހީ ހިދުމަތާއި ބޯހިޔާވަހިކަމާމެދު އެވެ.
މިބައްދަލުވުން ތައާރަފްކުރުމުގެ ގޮތުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ޑީއާރުޕީއަށް ނިސްބަތްވާ އަލީ އިބްރާހިމް ވިދާޅުވީ ތިން އަތޮޅު ކަމަށްވާ ހއ.ހދ.ށ އަތޮޅަށް އަމާޒް ކުރެވި ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ހޮސްޕިޓަލުން ލިބެމުންދާ ހިދުމަތްއެއް ދުވަހުންއަނެއް ދުވަހަށް ދަށްވަމުންދާތީއާއިއަދި ބޯހިޔާވަހިކަމާއި މެދުހުރި ކަންބޮޑުވުންތަކާއި އެކު ކުޅުދުއްފުށީން ބައެއް ރައްޔިތުން ޝަކުވާ ކުރަމުންދާތީ ރައްޔިތުންނާ މަޝްވަރާ ކޮށް ރަގަޅުކުރުމަށް ރައްޔިތުންނަށް ފާހަގަކުރެވޭ ކަންތައްތަކެއް ހުރުމުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކާް ސަރުކާރަށް ހުށައަޅާ ހުށައެޅުންތަކެއް ހުށައަޅާނެ ގޮތަކާއި ކުރިއަށް ގެންދާނެގޮތަކާއި މެދު ރައްޔިތުނާ މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުމަކީ އެއްވެސް ސިޔާސީ ހަރަކާތެއް ނޫންކަމަށާއި މިއީ ކުޅުދުއްފުށީ ރައްޔިތުންނާއި މިޕްރޮވިންސްގައި ހިމެނޭ އެހެން ރަށްރަށުގައި އުޅޭ ރައްޔިތުން ގުޅިފައިވާ ބައްދަލުވުމެއްކަމަށާއި މިބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މިހާރުކަންބޮޑުވުން ފާޅުކުރުން ކަމަށް ވިދާޅުވިއެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް އަހްމަދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތަށް އަގު ނަގަމުންދާއިރު ހިދުމަތް ނުލިބޭކަން ފާހަގަ ކުރިއެވެ. ބައެއް ރައްޔިތުން މީގެކުރިންވެސް ސަރުކާރުގެ ކަމާއިބެހޭ ފަރާތް ތަކާއި އެކު ހޮސްޕިޓަލްގެ ހިދުމަތް ތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށާއި އެހެން ނަމަވެސް މިހިސާބަށް ދިޔައިރު އެދެވޭ ނަތީޖާއެއް ލިބިފައިނުވާކަމަށް އިބްރާހިމް އަހްމަދު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއިބެހޭ ގޮތުން އިބްރާހިމް އަހްމަދު ވިދާޅުވީ މިސަރުކާރު އައިރުވެސް އިވެމުންދިޔަ އަޑަކީ ފަގީރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަރަށް ބުރަ މަސައްކަތް ތަކެއް ކުރާނެކަމަށް ވިދާޅުވިއެވެ. ބޯހިޔާވަހިކަމެއް ހޯދުމަށް ކުޅުދުއްފުށީން ދާދިފަހުން އިއުލާންކުރިއަގުތަކަކީ އެއީ ސަރުކާރުން މުއްސަނދިންނަށް ގެނެސްދިން ބޯހިޔާވައްސެއްކަމަށާއިފަގީރުންދަނީ ފަގީރުވަމުންކަމަށް ވިދާޅުވިއެވެ.
ބައްދަލުވުން ނިންމާލުމަށްފަހު ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާހިމް އަހްމަދު ވިދާޅުވީ ސަރުކާރުގެ ސަމާލުކަމާއި ހަމައަށް ދަންދެން މިގޮތަށް މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާނެއެވެ. ސިއްހީ ހިދުމަތް ރަނގަޅަށް ލިބެންޖެހޭނެކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ. އަދި މިސަރުކާރުގެ ވައުދުތަކުގެތެރޭގައި ފަގީރުންނަށް ލުއިފަސޭހަ އަގެއްގައި ހޯދައިދިނުން ހިމެނޭއިރު ސަރުކާރުން އަދި ފުލެޓްތަކެއް ކުޅުދުއްފުށީ ރައްޔިތުންނަށް ދޫކޮށްލެވިކަމުގައި ވިއަސް އެއްފަހަރާ ދައްކަން ތިރީސް ހާސްރުފިޔާއެއް ފަގީރުން އަތުގައި ނުހުންނާނެކަމަށާއި ދެކޮޓަރީގެ އެޕާރޓްމެންޓެއް 20 އަހަރު ދުވަހުން ދެއްކޭނެ އެގާރަލައްކަ ދިހަހާސް ރުފިޔާއެއް ނުހުންނާނެކަމަށް ވިދާޅުވިއެވެ.