twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އަމީރު އަމީން ޕްރީ ސްކޫލުގެ ފަރާތުން އެސްކޫލު ހިމެނޭ ސަރަހައްދުގައި “ސްޓޮޕް ޗިލްރަންސް” ޓްރެފިކް ސައިން ބޯޑެއް ބަހައްޓައިފި

Sep 6, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަމީރު އަމީން ޕްރީ ސްކޫލުގެ ފަރާތުން އެސްކޫލު ހިމެނޭ ސަރަހައްދުގައި  “ސްޓޮޕް ޗިލްރަންސް” ޓްރެފިކް ސައިން ބޯޑެއް ބަހައްޓައިފިއެވެ.

އަމީރު ސްކޫލު ހިންގެވުމާ ހަވާލުވެހުރި އައިޝަތު މުހައްމަދު ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެސްކޫލުގެ ފަރާތުން އެސްކޫލު ހިމެނޭ ސަރަހައްދުގެ މަގުމަތީގައި ޓްރެފިކް ސައިންބޯޑެއް ބެހެއްޓީ އެސަރަހައްދަކީ ދުއްވާ އެއްޗެހީގެ ސަބަބުން ވަރަށް ކާރޫބާރު ބޮޑު ސަރަހައްދަކަށް ވާތީ އެސްކޫލުގެ ކުދިން ވަދެ ނުކުމެ ވާ ވަގުތަކީ ބެލެނިވެރިންނަށާއި ސްކޫލުގެ ދަރިވަރުންނަށް އަމާން ސަރަހައްދެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

އެސްކޫލުން ބުނެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާ މަޝްވަރާކޮށްގެން ކުޅުދުއްފުށީގައި އަލަށް ބެހެއްޓި އެ ޓްރެފިކް ސައިން ބޯޑުގެ ސަބަބުން އެސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ހައްލެއް އަންނާނެކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި، އެހެން ސްކޫލުތަކާއި ހިލާފަށް އެސްކޫލަކީ ހަމަ އެކަނި ތުއްތު ކުދިން ކިޔަވަމުން އަންނަ ސްކޫލެއްކަމުން ސްކޫލު ހިމެނޭ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ކުރިމަތި ވިޔަނުދިނުމަށް ބެހެއްޓި ސައިން ބޯޑެއް ކަމަށެވެ.

ކުޅުދުއްފުށީގައި ހުރި އެންމެ ދުވަސްވީ ޕްރީ ސްކޫލުގެ ބެލެނިވެރިއަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އަމީރު އަމީން ސްކޫލަށް ދަރިވަރުން ވަދެ ނުކުމެވާ ވަގުތުތަކުގައި އެސަރަހައްދަކީ ކުޑަކުދިން އުޅޭ ސަރަހައްދެއްކަން އަންގައި ދިނުމަށް “ސްޓޮޕް ޗިލްޑްރަންސް”  ބޯޑެއް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި މިހާރު އެފަދަ ބޯޑެއް ބެހެއްޓުން ލަސްވެފައިވާ ކަމަށާއި ޓްރެފިކް ސައިން ބޯޑެއް ހަމައެކަނި ބެހެއްޓުނު ކަމުގައި ވީނަމަވެސް އެސްކޫލުގެ ފަރާތުން ޒިންމާދާރުގޮތެއްގައި ފުލުހުންނާއި ގުޅިގެން އެވަގުތުތަކުގައި އެސަރަހައްދުގެ ޓްރެފިކް ބެލެހެއްޓޭނެ ގޮތެއް ހަމަޖައްސުމަކީ މުހިއްމު ކަމެއްކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

މިއީ ކުޅުދުއްފުށީގައި މިފަދަ ޓްރެފިކް ސައިން ބޯޑެއް ބެހެއްޓި ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355