twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހަނިމާދޫ އަންހެންވެރިންގެ ބަޔަކު ނުކުމެ ކައުންސިލް އިދާރާ ހިސޯރުކޮށްފި

Sep 11, 2011

ކުނިކެހުމުގެ މަސައްކަތަށް އުޖޫރަ ނުދޭކަމަށްބުނެ ހދ. ހަނިމާދޫގައި ކުނިކެހުމުގެ މަސައްކަތާއި ހަވާލުވެގެންތިބި އަންހެނުންތަކެއް ނުކުމެ އެރަށު ކައުންސިލް އިދާރާ ހިސޯރުކޮށްފިއެވެ.

ކައުންސިލް އިދާރާ ހިސޯރު ކުރި ފަރާތްތަކުގެ ތެރެއިން އަންހެން ބޭފުޅެއް ކަމުގައިވާ މަރިޔަމް ސަކީނާ ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ބުނީ، އެމީހުންއަށް ވޭތުވެދިޔަ 6 މަސް ދުވަހަށްވާ 150،000 ރުފިޔާ ނުލިބޭ ކަމަށެވެ.

“މިހާރު 6 މަސް ދުވަސް ވެއްޖެ އެއްވެސް އުޖޫރައެއް ނުދޭތާ. 150،000 ދޭންޖެހޭނެ އެމުއްދަތަށް.” ކައުންސިލް އިދާރާ ހިސޯރު ކުރި 70 ވަރަކަށް މީހުންގެ ފަރާތުން ވާހަކަ ދައްކަމުން މަރިޔަމް ސަކީނާ ބުންޏެވެ.

ހަނިމާދޫގެ ހަތްދިހަ ވަރަކަށް އަންހެނުން ނުކުމެ ކައުންސިލް އިދާރާ ހިސޯރުކޮށް އެތަނަށް އެއްވެސް ކައުންސިލަރަކަށް އަދި މުވައްޒަފަކަށް ނުވަދެވޭނެހެން ބަންދުކޮށްފައި ވާއިރު، ކައުންސިލްގެ އެއް މެމްބަރަކާއި އެކައުންޓްސް އޮފިސަރެއް އެއިދާރާގެ އެތެރޭގައި ތާށިވެފައި އެބަތިބިކަމަށް މައުލޫމާތު ލިބެއެވެ.

ކައުންސިލް އިދާރާގެ ތެރޭގައި ތާށިވެފައި ހުރި ކައުންސިލް މެމްބަރު އަބްދުއްސަލާމް އަށް ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން ގުޅާލުމުން ވިދާޅުވީ އެމައްސަލަ ލިޔުމުން ލޯކަލް ގަވާމެންޓް އޮތޯރިޓީ އަށާއި ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައި ވާނެކަމަށާއި މިއަދު ޖަވާބެއް ލިބޭނެކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.

މިކަމަށް ހައްލެއް ނުވަތަ ޖަވާބެއް ލިބެންދެން ކައުންސިލް އިދާރާ ހުޅުވިޔަ ނުދޭނެކަމަށް އެތަނަށް އެއްވެފައިވާ އަންހެން ބޭފުޅުން ދަނީ ބުނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355