twitterviber whatsapp telegramfacebookyoutube instagram
8th April 2026

އެމްޓީސީސީގެ 151 މުވައްޒަފެއް ވަޒީފާއިން ވަކިކުރަނީ

Sep 17, 2011

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ ނުވަތަ އެމްޓީސީސީއިން 151 ވަޒީފާ އުނިކުރުމަށް ނިންމައިފިއެވެ.

އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރ ހުސައިން އަމްރު ސޮއި ކުރަށްވާ ނެރެފައިވާ މެމޯއަކާއި ހަވާލާދީ ދުވަހު ނޫސް ހަވީރުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެކުންފުނީގެ މާލީހާލަތު ދަށްވެފައި ވުމުން އެކަމުން އަރައިގަތުމަށްޓަކައި މިހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 151 ވަޒީފާ އުނިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

އެކުންފުނީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ރީސްޓްރަކްޗަރ ކުރެވި މިމަހުގެ 29 އިން ފެށިގެން އެޑިޕާޓްމަންޓްތައް އޮޕަރޭޓްކުރަމުން ދާގޮތަށް ބަދަލުތަކެއް އަންނާނެކަމަށްވެސް ކުންފުނީގެ އެންމެ އިސްވެރިޔާގެ މެމޯގައި ވާކަމަށް ހަވީރު ރިޕޯޓް ކޮށްފައިވެއެވެ.

އެމްޓީސީސީގެ 2010 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި އެކުންފުންޏަށް ލިބުނު އާމްދަނީއިން ހަރަދު ކެނޑުމުން 5.5 މިލިޔަން ރުފިޔާގެ ގެއްލުމެއް ދައްކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355