twitterviber whatsapp telegramfacebookyoutube instagram
27th September 2026

ބަދުއަހުލާގީ މައްސަލައެއްގައި ހޮސްޕިޓަލްގެ މުވައްޒަފެއް ސަސްޕެންޑްކޮށްފި

Sep 17, 2011

މުހައްމަދު އިސްމާއިލް

ކުޅުދުއްފުށީ ރީޖަނަލް ހިސްޕިޓަލްގެ މުވައްޒަފެއްގެ ބަދުއަހުލާގީ މައްސަލައެއްގައި އެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ.

ހޮސްޕިޓަލްގެ ލެބޯޓްރީ ތެރޭގައި މުވައްޒަފެއް ބަދު އަހުލާގީ އަމަލެއް ހިންގި މައްސަލައެއް ހުށަހަޅާފައި ވާކަމަށާއި އެމައްސަލަ ބަލަމުންދާކަން ކޯޕަރޭޝަންގެ އޮފީހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެމައްސަލަ ބަލާ ނިމެންދެން އެމުވައްޒަފު ގޭގައި މަޑުކުރުމަށް އަންގާފައި ވާކަން ކަށަވަރު ކޮށްދެއްވިއިރު އެއީ ކޮން މުވައްޒަފެއްކަން އެކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ހޮސްޕިޓަލަށް މައްސަލަ ހުށަހެޅި މީހުންގެ ތެރެއިން މީހަކާއި ހަވާލާދީ ދުވަހު ނޫސް ހަވީރުގައި ލިޔެފައިވަނީ “ލެބޯޓްރީ ޓެކްނީޝަނަކަށް އުޅޭ އެރަށު ވަވަތި، ޒުނެއިރާ އަހުމަދު، ހިލޭ ފިރިހެނަކާ އެކު ލެބޯޓްރީ ތެރޭގައި، ބަދުއަހުލާގީ އަމަލެއް ހިންގި މައްސަލަ ހުށަހެޅީ އެވީޑިއޯވެސް އާއްމުވުމާއި ގުޅިގެންނެވެ. އެމުވައްޒަފާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެބައްދަލުވުމުގައި އެދިފައިވާނެކަމަށް، ހޮސްޕިޓަލްގެ މެނޭޖްމަންޓާއެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އެދިފައިވާނެކަމަށް އޭނާ ބުންޏެވެ.” މިހެންނެވެ.

ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހިމެނޭ އަންހެން ކުއްޖާއަކީ މީގެ ދެމަހެއް ހައި ދުވަސްކުރިން ފުލުހެއް މީހެއްގެ އަންބެތް ބްލެކްމެއިލް ކުރިކަމަށް ތުހުމަތު ކޮށް  ފުލުސް އޮފީހަށް ހުށަހެޅުނު މައްސަލައެއްގައި ހިމެނޭ އަންހެން ކުއްޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293