twitterviber whatsapp telegramfacebookyoutube instagram
19th September 2024

އަފީފުއްދީންގެ ޕީޓީއޭ އިން މަސައްކަތު ދުވަހެއް ފާހަގަ ކޮށްފި

Sep 17, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމު ކޮށްގެން މަސައްކަތު ދުވަހެއް ފާހަގަކޮށްފި އެވެ.

އަފީފުއްދީން ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން މިއަދު ފާހަގަކުރި މަސައްކަތު ދުވަހާއި ބެހޭގޮތުން އަފީފުއްދީން ސްކޫލުގެ ޕީޓީއޭގެ ނައިބް ރައީސް އާދަމް އިބްރާހިމް ވިދާޅުވީ މިއީ އެސްކޫލުގެ ބަޖެޓް ތާށިކަން ހުރުމުން ދަރިވަރުންގެ ކިޔެވުމަށް ހިންގާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭއްވުނު މަސައްކަތު ދުވަހެއް ކަމަށެވެ. ކުރިން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެއްސި މަސައްކަތު ދުވަސް މިއަދަށް ފަސްކޮށްފައިވަނީ ހުސްވި ހަފުތާގައި ކ. ހުރާގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ކަމަށް އާދަމް އިބްރާހީމް ވިދާޅުވި އެވެ.

އިބްރާހީމް އާދަމް ވިދާޅުވީ މިގޮތަށް އެސްކޫލުން މީގެ ކުރިންވެސް މަސައްކަތު ދުވަސް ފާހަގަކޮށްގެން ހޯދާފައިވާ ފައިސާއިން މުހިއްމު ކަންކަން ކުރެވިފައިވާ ކަމަށެވެ.

އަފީފުއްދީން ސްކޫލުގެ ބެލެނިވެރިންނާއި އެސްކޫލުގެ މުވައްޒަފުން ގުޅިގެން ހިންގި މި މަސައްކަތު ދުވަހުގައި 37789 ރުފިޔާ ލިބިފައިވާ ކަމަށް ޕީޓީއޭ އިން މައުލޫމާތު ދެއެވެ. މިއަދު މިހަރަކާތް ކުރިއަށް ގެންދިޔައީ 10 ގްރޫޕަކަށް ބަހާލައިގެން ރަށުގެ އެކި ސަރަހައްދުތަކުގައި އެވެ.

އަފީފުއްދީން ސްކޫލުގެ ޕީޓީއޭ އަށް ފައިސާ ހޯދުމަށް ވަރަށް އަވަހަށް އޭތިމީތި ސޭލެއް ބާއްވަން ގަސްދުކުރާ ކަމަށް ޕީޓީއޭގެ ނައިބު ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް އެ ސޭލް ބާއްވާނެ ވަކި ތާރިޚެއް ކަނޑައެޅިފައި ނުވަކަމށް އާދަމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355