twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ރައިވަރު ކިޔުމާއި ޅެން ކިޔުމުގެ މުބާރާތެއް ފަށައިފި

Sep 19, 2011

އިބްރާހިމް ހަމީދު

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ކުލާސް ރައިވަރު ކިޔުމާއި ޅެން ކިޔުމުގެ މުބާރާތް 2011 މިއަދު އެސްކޫލުގައި ފެށިއްޖެއެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގައި މިއަދު ފެށި އެމުބާރާތުގެ ކޯޑިނޭޓަރ އައިޝަތު އާދަމް ވިދާޅުވީ 2 ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މިމުބާރާތުގެ މަގްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި އަދަބީ ކަންކަމަށް ލޯބި ޖެއްސުންކަމަށާއި އަދި ދަރިވަރުންނަށް އަދަބީ ހަރަކާތްތައް ދަސްކޮށްދިނުމާއި އަދަބީ ހަރަކާތްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުން ކަމަށެވެ.

މިއަދު ފެށި މި މުބާރާތުގައި ގްރޭޑް 1 ން ގްރޭޑް 5 ށް ހުރިހާ ގްރޭޑް ތަކެއްގެ ދަރިވަރުން ބައިވެރިވާ އިރު މުބާރާތުގައި 60 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ. އެގޮތުން ގްރޭޑް 1 ން 3 ގެ ދަރިވަރުން ރައިވަރާއި ޅެން ކިޔާއިރު ގްރޭޑް 4 ގެ ދަރިވަރުންނަށް ހާއްސަކޮށްފައިވަނީ ރައިވަރު ކިޔުމެވެ. އަދި ގްރޭޑް 5 ގެ ދަރިވަރުން ހަމައެކަނި ޅެން ކިޔާގޮތަށް ހަމަޖެހިފައިވާ މިމުބާރާތުގެ ނަތީޖާ ފާޅުކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާކަމަށް އެސްކޫލުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355