twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކައުންސިލަރުންނަށް ފޯނު އެލަވެންސް ދެވިފައިވަނީ މަޖިލީހުގެ ނިންމުމާ ހިލާފަށް: ފިނޭންސް މިނިސްޓްރީ

Sep 20, 2011

ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންނަށް ފޯނު އެލަވެންސް ދޭން ނިންމިފައިވަނީ މަޖިލީހުން ކަނޑައެޅި ގޮތާއި ހިލާފަށް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ކުރިން ދޭން ނިންމި 800 ރުފިޔާގެ ފޯނު އެލަވެންސް ނުދޭގޮތަށް ހަމަޖައްސަވައި އެކަން ކައުންސިލް ތަކަށް އަންގަވައިފި އެވެ.

ފިނޭންސް މިނިސްޓަރ އަހުމަދު އިނާޒް ސޮއިކުރައްވާ ނެރުއްވި ސަރކިއުލާރއެއްގައި ބުނެފައިވަނީ، ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވުމާއި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމުގައި ކައުންސިލަރުންގެ ފޯނު އެލެވެންސް ނުހިމެނޭ ކަމަށެވެ. އަދި، މާލިއްޔަތު ކޮމިޓީގެ ނިންމުން މުރާޖާ ކުރުމަށްފަހު ނެރުއްވި ރިޕޯޓުގައި މާލިއްޔަތު ކޮމިޓީން ކަނޑައަޅައި ޖުމްލަ މުސާރައާއި އިނާޔަތްތަކުގެ އިތުރުން އެއްވެސް އިނާޔަތެއް ލިބިނުދެވޭނަކަމަށް ބުނެފައިވާ ކަމަށެވެ.

ކައުންސިލަރުންގެ ފޯނު އެލަވެންސް ދިނުން ހުއްޓާލުމަށް ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ނިންމިއިރު ކައުންސިލަރުންނަށް 800 ރުފިޔާގެ ފޯނު އެލަވެންސް އެއް ދިނުމަށް ނިންމާފައިވަނީ އޭގެ ބަރާބަރު އެއްމަސް ދުވަސްކުރިން އޯގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.

ކުރިން ނިންމާފައިވާ ގޮތުން ހާހެއްހާ ކައުންސިލަރުންނަށް 800 ރުފިޔާގެ މަގުން ފޯނު އެލަވެންސް ދޭނަމަ 8 ލައްކައެއްހާ ރުފިޔާ މަހެއްގެ މައްޗަށް ފޯނު އެލަވެންސްގެ ގޮތުގައި ދައުލަތުން ހަރަދު ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355