twitterviber whatsapp telegramfacebookyoutube instagram
10th August 2026

2012 ވަނަ އަހަރު ޖަލާލުއްދީން ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

Sep 22, 2011

އިބްރާހިމް ހަމީދު

2012 ވަނަ އަހަރު ޖަލާލުއްދީން ސްކޫލަށް  ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ޖަލާލުއްދީން ސްކޫލު ގުރޭޑް 8 ކަށް ވެއްދުމަށް ފޯރމް ހުށައެޅޭނީ 01 ޖެނުއަރީ 2012 ވަނަ އަހަރަށް 13 އަހަރު ފުރި 15 އަހަރު ނުފުރޭ ކުދީންކަމަށް ޖަލާލުއްދީން ސްކޫލުގެ އިއުލާންގައި ބުނެފައިވެއެވެ. ގުރޭޑް 8 ކަށް ވަންނަން ބޭނުންވާ ކުދިންނަށް ޓެސްޓެއް ދެވޭނެ ކަމަށާއި ޓެސްޓް ދެވޭ މާއްދާތަކަކީ ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބު، ޖެނެރަލް ސައިންސް އަދި ސޯޝަލް ސްޓަޑީޒް އެވެ.

އެންޓްރެންސް ޓެސްޓް ތައް އޮންނާނީ އޮކްޓޫބަރު މަހުގެ 25 އިން 27 އަށެވެ. ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ތަޢުލީމީ މަރުކަޒުން އެޕްލިކޭޝަން ފޯރމް ލިބެން ހުންނާނެއެވެ. އަދި އެހެން ސްކޫލުތަކުގެ ދަރިވަރުންނަށް ފޯރމް ދޫކުރަނީ ޖަލާލުއްދީން ސްކޫލުންނެވެ.

ޖަލާލުއްދީން ސްކޫލަށް ކުދިން ވެއްދުމަށް  ފޯރމް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 16 އޮކްޓޫބަރ 2011 ވާ އާދީއްތަ ދުވަހުގެ 14:30 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355