twitterviber whatsapp telegramfacebookyoutube instagram
8th May 2025

އަފީފުއްދީން ސްކޫލުގައި “ފަން ޑޭ” ގެ ނަމުގައި އިވެންޓެއް ފެށިގެން ކުރިއަށް އެބަދޭ

Sep 22, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ގުރޭޑް 2 ގެ ދަރިވަރުންނަށް އަމާޒު ކޮށްގެން “ފަން ޑޭ” ގެ ނަމުގައި އިވެންޓެއް މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެއެވެ.

މިއިވެންޓާ ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ، މިއިވެންޓަކީ ދަރިވަރުންގެ ކިޔެވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތަކެއްގެ އިތުރުން ތަފާތު އެކި ދާއިރާތަކުން ދަރިވަރުންނަށް މައުލޫމާތު ދެވޭނެ އިވެންޓެއް ކަމަށެވެ. އެގޮތުން އެސްކޫލުގެ ޓީޗަރުންގެ އިތުރުން ކުޅުދުއްފުށީ ޕޮލސް ސްޓޭޝަނުގެ ފުލުހުންވެސް ދަރިވަރުންނަށް މައުލޫމާތު ދެއްވާނެކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވީ ކްލާސްރޫމްގެ ތެރޭގައި ދަރިވަރުން ދަސްކޮށްނުދެވޭނެ ކަންތައްތަކެއް ހުންނާތީ އެކަންތައްތައް އެކުދިންނަށް ދަސްކޮށްދިނުމަކީ މިއިވެންޓްގެ އެންމެ މުހިއްމު އެއް މަގްޞަދު ކަމަށެވެ.

މިމަހު 23 ވާ ހޮނިހިރު ދުވަހު ގުރޭޑް 1 ގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕެއް ރޭވިފައިވާ ކަމަށް އެސްކޫލު މައުލޫމާތު ދެއެވެ.

މިއަދު ހެނދުނު ފެށި މި “ފަން ޑޭ” ކުރިއަށްދާނީ މިއަދުގެ ހަވީރުގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355