twitterviber whatsapp telegramfacebookyoutube instagram
13th December 2025

އަމީރު އަމީން ސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީ ކުދިންގެ ސްޕޯޓްސް މީޓް ބާއްވައިފި

Sep 23, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީ ކުދިންގެ ސްޕޯޓްސް މީޓްގެ އިވެންޓްތައް މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބާއްވައިފިއެވެ.

އަމީރު އަމީން ސްކޫލު ހިންގެވުމާއި ހަވާލުވެ ހުންނެވި އައިޝަތު މުހައްމަދު ވިދާޅުވީ،  ތުއްތު ކުދިންނަށް އަމާޒްކޮށްގެން މިފަދަ ސްޕޯޓްސް މީޓެއް ބޭއްވުމުގެ މައިގަނޑު މަގުޞަދަކީ  ކުދިންގެ ވިސްނުން ރަގަޅުކޮށް އެކުދިންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުދިންތަކެއް ތަރައްގީކުރުންކަމަށެވެ. މީގެ ކުރިންވަނީ އެސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީ ގުރޭޑްތަކުގެ ކުދިންނަށް ސްޕޯޓްސް މީޓެއް ބާއްވާފައެވެ.

ސްޕޯޓްސް މީޓްގެ ކޯޑިނޭޓަރ ފާއިދާ އާދަމް ވިދާޅުވީ ނާސަރީ އަދި ބޭބީ ނާސަރީ ގުރޭޑްތަކުން ޖުމްލަ 194 ކުދިން ވާދަ ކުރި ސްޕޯޓްސް މީޓް ބޭއްވުމުގެ ބޭނުމަކީ ކުދިންގެ ކޮންފިޑެންސް އިތުރުކުރުމަށާއި މިކަހަލަ ކަންކަމަށް އެކުދިން ހޭލުންތެރި ކުރުވުންކަމަށާއި އަދި މިއިވެންޓް ތަކުގައި ހިމެނެނީ އެކުދިންގެ އުމުރާއިގުޅޭ ހަރަކާތަކެއް ކަމަށެވެ.

އަމީރު އަމީން ސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީ ގުރޭޑް ތަކުގެ ކުދިންގެ ސްޕޯޓްސް މީޓް ޝަރަފްވެރި ކޮށްދެއްވީ ރަށު ކައުންސިލް ގެމެމްބަރު އިބްރާހިމް ރަމީޒުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355