އިބްރާހިމް ހަމީދު
މަތިއުތުރު ސަރަހައްދުގެ ތައުލީމީ ކަންތައްތައް ބެލެހެއްޓުމަށް ބޯޑެއް އެކުލަވާލައިފިި ކަމަށް މިސަރަހައްދުގެ އެޑިޔުކޭޝަން ޔުނިޓުން ބުނެފިއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ހިއްސާ ކުރައްވަމުން އެޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޕްރިންޑެންޓް އިބްރާހިމް ރަޝީދު ވިދާޅުވީ މިމަހު 17 އިން 22 އަށް ކުޅުދުއްފުށި އަފީފުއްދީން ސްކޫލުގައި ކުރިއަށް ދިޔަ މަތިއުތުރު ސަރަހައްދުގެ ސްކޫލުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވޯޓުލައިގެން ކޮންމެ އަތޮޅަކުން 5 ބޭފުޅުން ހިމެނޭ ގޮތަށް ބޯޑެއްވަނީ އެކުލަވާލައިފައެވެ.
އެއީ އެޑިޔުކޭސަނުގެ ގަވާއިދުގެ ދަށުން މިސަރަހައްދުގެ ތައުލީމީ ކަންތައް ބެލެހެއްޓުމަށް އެކުލަވާލެވުނު ބޯޑެއްކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ގަވާއިދުގެ ދަށުން މިސަރަހައްދުގެ ތައުލީމީ ކަންތައްތައް ބެލެހެއްޓުމަށް އެކުލަވާލެވުނު ބޯޑުގައި ހިމެނެނީ ހއ. އަތޮޅުން އުލިގަމް ސްކޫލުގެ ޕްރިންސިޕަލް ސައުދު ﷲ އިދުރީސް އާއި ތުރާކުނު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނަސީމް އާއި ހއ. އަތޮޅުމަދުރަސާގެ ޕްރިންސިޕަލް މުހައްމަދު އަސްލަމް އާއި ފިއްލަދޫ ސްކޫލުގެ ޕްރިންސިޕަލް ހަސަން ވަހީދުގެ އިތުރުން އުތީމް ސްކޫލުގެ ލީޑިންގ ޓީޗަރު އަބްދުއްރަހްމާނު އަގީލް އެވެ.
ހދ. އަތޮޅުން މިބޯޑުގައި ހިމެނޭ ބޭފުޅުންނަކީ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު އާއި ތަޢުލީމީމަރުކަޒުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދުއާއި އަތޮޅު ސްކޫލުގެ ޕްރިންސިޕަލް އަލީ މުފީދު އާއި ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް ހަންނާނު އާއި ނޮޅިވަރަމް ސްކޫލުގެ މުހައްމަދު ޝާފިއުއެވެ.
ށ. އަތޮޅުން މިބޯޑްގައި ހިމެނޭ ބޭފުޅުންނަކީ ށ އަތޮޅު ސްކޫލުގެ ޕްރިންސިޕަލް ހުސެން ފަޔާޒް އާއި ފުނަދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހް އާއި އަތޮޅު ތަޢުލީމީ މަރުކަޒުން ޕްރިންސިޕަލް އަދުނާނު އަލީ އާއި ޅައިމަގު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒް އާއި ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ ނާދިރު އެވެ.