twitterviber whatsapp telegramfacebookyoutube instagram
27th September 2026

ހިއްކި ސަރަހައްދުގައި ދެސައިކަލެއް އެކްސިޑެންޓްވެ ހަތަރުމީހަކަށް އަނިޔާވެއްޖެ

Sep 23, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ދެސައިކަލެއް އެކްސިޑެންޓްވެ ހަތަރުމީހަކަށް އަނިޔާވެއްޖެއެވެ .

މިރޭ 10:30 ހާއިރު ކުޅުދުއްފުށީގެ ހިއްކިބިމުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ކުޅުދުއްފުށީ މާތިލަ ރިޝްމާ އަބްދުއްރަހުމާނަށާއި އޭނާގެ ފިރިމީހާ މަޑިވަރު އަހްމަދު މުހައްމަދަށާއި ޓެލެފޯނުގެ މަރިޔަމް ޞަފާނާ އަށާއި ދުންފިނިގެ ނާހިދާ އަހްމަދަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ކުޅުދުއްފުށީ ހިއްކި ބިމުގައި ހަދާފައިވާ މަގުން އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާފައިދިޔަ ދެސައިކަލްޖެހިގެން ކަމަށެވެ. ރިޝްމާއާއި އޭނާގެ ފިރިމީހާ އަހުމަދު ދުއްވަމުންދިޔަ ސައިކަލްގައި ފަހަތުން އައިސް މަރިޔަމް ޞަފާނާ އާއި ނާހިދާ ދުއްވަންއިން ސައިކަލް ޖެހުމުގެ ސަބަބުން ދެސައިކަލުވެސް ކޮންޓްރޯލް ނުވެގެން ވަނީ ވެއްޓިފައެވެ.

މިއެކްސިޑެންޓްގައި ރިޝްމާގެ ފައި ފަހަން ޖެހޭވަރަށް ކަފައިގެން ދިޔައެވެ. އަދި ޞަފާނާގެ އަތްވެސް ހަލާކުވެފައިވާކަމަށާއި 04 މީހުންނަށްވެސް އެކިވަރުގެ އަނިޔާވެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް މަޢުލޫމަތު ލިބެއެވެ.

މިހާރު މިހަތަރު މީހުންނަށް ދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293