twitterviber whatsapp telegramfacebookyoutube instagram
13th December 2025

ޖަލާލުއްދީން ސްކޫލުގެ އާރޓް އެންޑް ކްރާފްޓް މައުރަޒު މިއަދު ފެށިގެން ކުރިއަށް އެބަދޭ

Sep 24, 2011

އަބްދުލް ވާހިދު ހަސަން

ޖަލާލުއްދީން ސުކޫލުގެ އާރޓް ކުލަބުގެ ފަރާތުން ބާއްވާ އާރޓް އެންޑް ކުރާފްޓް 2011 ގެ މިއަދު ފެށިގެން ކުރިޔަށް އެބަދެއެވެ.

މިއަދު މިމައުރަޒު ހުޅުވައިދެއްވީ ރާއްޖޭގެ މަޝްހޫރު އާޓިސްޓެއް ކަމުގައިވާ އަންދުއެވެ. މައުރަޒު ޝަރަފްވެރި ކޮށްދެއްވަމުން އަންދު ދެއްކެވި ވާހަކައިގައި މިކަހަލަ މައުރަޒެއް ބޭއްވުން މިއީ ވަރަށް އުފާކުރާކަމެއް ކަމަށާއި އަދި މިފަދަ މައުރަޒުތަކުގެ ސަބަބުން ގިނަ ކުދިންތަކެއްގެ ކުރެހުމުގެ ހުނަރު ދައްކާލުމަށް ރަގަޅު ފުރުސަތުތަކެއް ލިބިގެން ދާކަމަށް ވިދާޅުވިއެވެ.

މައުރަޒާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ މިމައުރަޒުގެ މަގުސަދަކީ ރަށުގައި ތިބި ހުނަރުވެރި ކުދިންގެ ކުރެހުންތައް ދައްކާލުމާއި، މި ފަންނު އިތުރަށް ތަރައްގީ ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.

މިއަދު މިހުޅުވުނު މައުރަޒުގެ ކުރެހުންތަކާއި ކުރާފްޓުތައް ގަންނަން ލިބެންހުންނާނެ އެވެ. މިމައުރަޒު މިއަދު މެންދުރުފަހު 1 ކުން ރޭގަނޑު 9 ކަށް ހުޅުވިފައި ހުންނާނެއެވެ. މިމައުރަޒުވަނީ އާއްމުންނަށް ހުޅުވާލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355