twitterviber whatsapp telegramfacebookyoutube instagram
11th February 2026

ޖަލާލުއްދީން ސްކޫލަށް ތަފާތު ފުރުސަތުތަކެއް ހޯދައިދެމުން އެ ސްކޫލްގެ އާޓް އެންޑް ކްރާފްޓް އެގްޒިބިޝަން-2011 ނިމިއްޖެ

Sep 25, 2011

ހާޝިމް އަބޫބަކުރު

ޖަލާލުއްދީން ސްކޫލްގެ އާޓް ކިޔަވާ ދަރިވަރުންނަށް ތަފާތު ތަޖުރިބާތަކަކާއި ފުރުސަތުތަކެއް ހޯދައިން އެ ސްކޫލްގެ އާޓް އެންޑް ކްރާފްޓް އެގްޒިބިޝަން-2011 ނިމިއްޖެއެވެ.

ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ސަޢީދު އަޙްމަދު ވިދާޅުވިގޮތުގައި މި އެގްޒިބިޝަންގައި ބައިވެރިވި އެ ސްކޫލްގެ އާޓް ކިޔަވާ ދަރިވަރުންނަށް، ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ އަހްމަދު ނިމާދު (އަންދު) އުފައްދާ ޓީވީ ޕްރޮގްރާމް ‘އޭ ފޯރ އާޓް’ ގެ ބައެއް ސެގްމެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވެއެވެ. އެގޮތުން އެ ޕްރޮގްރާމްއަށް އެގްޒިބިޝަންގެ ބައެއް މަންޒަރުތަކާއި ބައެއް ދަރިވަރުންގެ އިންޓަރވިއުތައް ނަގާފައިވާކަމަށް ސައީދު އަހްމަދު ވިދާޅުވިއެވެ. މީގެ އިތުރުން މިއަހަރު ގްރޭޑް 10 ގައި އާޓް ކިޔަވަމުންދާ އެ ސްކޫލްގެ ދަރިވަރުންނަށް އާޓް ކްލާސްތަކެއް ނަގައިދެއްވާނެ ކަމަށް އަންދު ވިދާޅުވެފައިވާކަމަށާއި މިކަމަކީ އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރުމަށް އެކުދިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް ސައީދު އަހްމަދު ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި އެގްޒިބިޝަން ރޭ ނިމިފައިވާއިރު މި އެގްޒިބިޝަނުން -/4500 ރުފިޔާ ލިބިފައިވާކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355