twitterviber whatsapp telegramfacebookyoutube instagram
11th February 2026

ރައީސުލްޖުމުހޫރިއްޔާ މިއަދު ކުޅުދުށްފުށްޓައް ވަޑައިގަންނަވާނެ

Sep 28, 2011

ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ތިލަދުންމަތީގެ ބައެއް ރަށްރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކުޅުދުށްފުށްޓައް ވަޑައިގަންނަވާނެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނުން ހިންގާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ޖަރުމަނުގެ ޕްރޯމެޑް ކްލިނިކް އާއި ދެމެދު މިއަދު ސޮއިކުރަން ހަމަޖެހިފައިވާ މެނޭޖްމަންޓް ކޮންޓްރެކްޓް ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގއި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސްގެ މިދަތުރުފުޅުގައި ތިލަދުންމަތީގެ ރަށްރަށަށް ވަޑައިގެން އެރަށްރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލައްވާ ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355