twitterviber whatsapp telegramfacebookyoutube instagram
16th April 2024

އަތޮޅުތެރޭގެ ރަށްރަށުގައި ޔޫތު ޗެލެންޖް ބޭއްވުމުން އެރަށްރަށުގައި އުޅޭ ޒުވާނުންނަށް ކުރިއަށްދާނެ ރަގަޅު ފުރުޞަތުތަކެއް ލިބިގެންދާނެ: ޔޫތު މިނިސްޓަރ

Oct 2, 2011

އިބްރާހިމް ހަމީދު

އަތޮޅުތެރޭގެ ރަށްރަށުގައި ޔޫތު ޗެލެންޖް ފަދަ ފެއަރތައް ބޭއްވުމުން އެރަށްރަށުގެ ޒުވާނުންނަށް ކުރިއަށްދާނެ ރަނގަޅު ފުރުޞަތުތަކެއް ލިބެގެންދާނެ ކަމަށް މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓަރ ހަސަން ލަތީފް މިހެން ވިދާޅުވީ ކުޅުދުއްފުށީގައި ކުރިއަށްދިޔަ ޔޫތު ޗެލެންޖް ނިންމުމުގެ ރަސްމިއްޔާތަށްފަހު ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އަތޮޅުތެރޭގެ ރަށެއްގައި ޔޫތު ޗެލެންޖް ބޭއްވުނު ފުރަތަމަ ފަހަރުކަމަށާއި މިއީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި މިފަދަ ފެއަރ ތަކުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެން ދިޔަކަމަށެވެ. އެގޮތުން މިފެއަރގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ ތަފާތު މައުލޫމާތުތައް ހޯދާފައިވާ ކަމަށެވެ.

“އަޅުގަނޑު ހިތުން މިފެށިގެން ދިޔައީ ވަރަށް ރަގަޅުކަމެއް. ރަށްރަށުގައި ތިބި ޒުވާނުންނަށް ވަރަށް ރަގަޅު ފުރުސަތުތަކެއް (ފެއަރގެ ސަބަބުން) ލިބިގެންދާނެ. މިހާރު ވެސް އަޅުގަނޑު ފާހަގަ ކުރަން މިފެއާރ ނިމިގެންދިޔައިރު ވަރަށް ގިނަ ޒުވާނުންތަކެއް މިފެއާރ އިން އެކި ގޮތްގޮތުން ބައިވެރިވެ ފައިދާ ހޯދާފައިވާކަން” ހަސަން ލަތީފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ޔޫތު ޗެލެންޖްގެ އެކި ފެއަރތައް ޖުމްލަ 13 ރަށެއްގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިފެއަރ ނިމިގެންދިޔައީ ވަރަށް ކާމިޔާބުކަމާއެކު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ފެއަރ ބާއްވަނީ ސަރުކާރާއި އަމިއްލަ ފަރާތަކާއި ގުޅިގެން ކަމަށާއި އަދި ފެއަރގައި އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތައް އެފަރާތާއި ގުޅިގެން ރަނގަޅުކޮށް ކުރިއަށް ހުރި ފެއަރތައް މިއަށްވުރެ ފުރިހަމަ އަށް ގެންދަވާނެ ކަމަށެވެ.

ކުރިން ސަރުކާރުން ބާއްވަމުން އައި މިފެއަރ ބާއްވާގޮތަށް ބަދަލުގެނެސް ފެއަރ ބޭއްވުމުގެ ކަންތައްތައް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އެގޮތުން މިއަހަރުގެ ފެއަރ އިންތިޒާމުކޮށް ކުރިއަށްގެންދަން ހަވާލުކޮށްފައިވަނީ ޑެއިޖް ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355