twitterviber whatsapp telegramfacebookyoutube instagram
28th March 2024

އަންނަ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފި

Oct 4, 2011

އިބްރާހިމް ހަމީދު

އަންނަ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1 ށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތުދޭ ގޮތުގައި އަންނަ އަހަރު ގްރޭޑް 1 ގައި އެސްކޫލުގައި 100 ޖާގަ އޮތްއިރު މިހާރުވެސް ގިނައަދަދެއްގެ ފޯމު ދޫކުރެވިފައި ވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން އެސްކޫލުގެ އެއްވަނަ ގްރޭޑަށް ވެއްދުމަށް ފޯމު ހުށަހެޅޭނީ 2012 ޖެނުއަރީ 1 ވަނަ ދުވަހަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނަށާއި އަންނަ އަހަރުގެ މާޗް 31 ށް 7 އަހަރު 6 އަހަރު ފުރޭ ކުދިންނަށެވެ.

އަދި މީގެ އިތުރުން ޕްރީ ސްކޫލުތަކުގެ ޔޫކޭޖީގައި އުޅޭ ދަރިވަރުންނަށް ތަޢުލީމީ މަރުކަޒު ގުރޭޑް 01 ވައްދަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެފަދަ ކުދިން ސްކޫލަށް ވައްދަން ބޭނުންވާ ބެލެނިވެރިން އެދަރިވަރަކު ޔޫކޭޖީ ކުލާހުގައި އުޅުނުއިރު ކިޔަވައިދެއްވި ޓީޗަރެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް އެސްކޫލުން ބުނެއެވެ. އަދި ފޯމު ހުށަހަޅާއިރު ވެކްސިންތައް ހަމަކޮށްފައިވާ ވެކްސިން ކާޑުގެ އަޞްލާއި އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ޖެހެއެވެ.

ސްކޫލަށް ކުދީން ވެއްދުމަށް ފޯމްދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއް ހެނދުނު 9:00 ންފެށިގެން މެންދުރުފަހު 14:30 އަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355