twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގެ ސްކޫލުތަކުގައި ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި

Oct 5, 2011

ކުޅުދުއްފުށީގެ ސްކޫލްތަކުގައި ޓީޗަރުންގެ ދުވަސް ތަފާތު ގިނަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފިއެވެ.

ކުޅުދުއްފުށީގައި ހުންނަ އެންމެ ދުވަސްވީ އެއް ސްކޫލުކަމަށްވާ އަމީރު އަމީން ސްކޫލުގައި ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ މިއަދު ހެނދުނު އެސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީއަކުންނެވެ. އަމީރު އަމީން ޕްރީ ސްކޫލުގެ އެސެމްބްލީގައި ޓީޗަރުންގެ ދުވަހަށް ހާއްސަކޮށްފައިވާ ކޭކެއް ފެޅުން އޮތެވެ. އަދި އެސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ދޭ ޑިނަރ ނައިޓެއް މިރޭ އެސްކޫލުގައި އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި މިއަދު ހެނދުނު އޮތް އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު އެވެ. އެސެންބްލީއަށްފަހު ގިނަ ޓީޗަރުންގެ ދުވަހާ ގުޅިގެން އެސްކޫލުގައިވެސް ދަނީ ކުރިއަށެވެ. އެގޮތުން އަފީފުއްދީން ސްކޫލުގެ ޓީޗަރުންނަށްދޭ ޑިނަރ ނައިޓެއް މިރޭ އެސްކޫލުގައި އޮންނާނެ އެވެ.

ކުޅުދުއްފުށީގައި ހުންނަ އެންމެ ދުވަސްވީ ޕްރައިމަރީ ސްކޫލުކަމުގައިވާ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ދުވަހާއި ގުޅިގެން ހާއްސަ އެސެމްބްލީއެއް ވަނީ ބާއްވާފައެވެ. މިއެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ މަތި އުތުރު ހެލްތު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރެވެ. މިއެސެމްބަލީގައި ސްކޫލުގެ ޓީޗަރުންނަށާއި އެހެނިހެން މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ މުވައްޒަފަކަށް ހަނދާނީ ފިލައެއް ދިނެވެ. އަދި ޓީޗަރުންގެ ދުވަހަށް ހާއްސަކުރެވިގެން ކޭކެއް ފެޅުން އޮތެވެ.

ކުޅުދުއްފުށީގައި އޭލެވެލް ފެންވަރަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލުގައި ވެސް ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ހާއްސަ އެސެމްބްލީއެއް މިއަދު ވަނީ ބާއްވާފައި އެވެ. އެއެސެމްބްލީގައި ސްކޫލުގެ ދަރިވަރުން ވާހަކަދައްކާފައި ވެއެވެ. އަދި ދުވަހާ ގުޅިގެން މިރޭ އެސްކޫލުގެ ޓީޗަރުންނަށް ހާއްސަކޮށްގެން ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. މިހަފުލާގެ ކަންތައްތައް ބަލަހައްޓަނީ އެސްކޫލުގެ ބެލެނިވެރިން ނެވެ.

ކުޅުދުއްފުށީގައި ދެވަނަ އަށް ހުޅުވި ޕްރީ ސްކޫލުކަމަށްވާ އިރުމަތީ އަވަށު ޕްރީ ސްކޫލުގައި ވެސް ޓީޗަރުންގެ ދުވަހާ ގުޅިގެން ތަފާތު ހަރަކާތްތަކެއް ދަނީ ހިންގަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355